މާލޭ ވިޔަފާރި ބަނދަރުގައި ހުރި ދެ ކޮންޓެއިނަރު ފުރާ ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބޭ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަހުމަދު އާރިފް (އާއްޓޭ) އާއި މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން 10 މީހެއްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ފެށި މި މައްސަލައިގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ އަޑުއެހުންތަކުގެ ބައެވެ.
މި މައްސަލައިގައި ހިމެނޭ ލޮޓަސް ފިހާރައިގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ ދިގަލި ވަހީދު މީގެ ކުރިން ހައްޔަރުކުރި ނަމަވެސް، ފަހުން ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އެ މީހުން ދޫކޮށްލީ، މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ އާއި އެ މީހުންގެ މައްޗަށް ކުރެވެނީ ކުށް ކުރުމަށް ރޭވިކަމުގެ ތުހުމަތު ކަމަށްވާތީ ކަމަށެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި މި ސިނގިރޭޓުތައް ވަގަށް ނަގާފައިވަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ. އެގޮތުން އެމްޕީއެލް ޓާމިނަލްގައި ހުރި ދެ ކޮންޓެއިނަރާ އެއްގޮތަށް އިތުރު ދެ ކޮންޓެއިނަރު ތައްޔާރުކޮށް، އަސްލު ކޮންޓެއިނަރުތައް ވަނީ ބޭރަށް ނެރެފައެވެ. މިކަމަށް ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
އިތުރަށް ފުލުހުން ބުނީ، ވަގަށް ނެގި ކޮންޓެއިނަރުތައް ދޯންޏެއްގައި ތިލަފުށްޓަށް ގެންގޮސް، އެ ރަށުގެ ސައިޓެއްގައި ބަހައްޓައިގެން ހަލާކުކޮށްލާފައިވާ ކަމަށެވެ. އެ ކޮންޓެއިނަރުތަކުގެ ބައިތައް ފުލުހުން ވަނީ ތިލަފުށިން ހޯދާފައެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ ޖުމްލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި، ވައްކަން ކުރަން ރޭވުމުގެ އިތުރުން ވައްކަން ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު