ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު (ވ)
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު (ވ)
އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) އަށް ސުޕްރީމް ކޯޓުގެެ ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އިންތިޚާބުވެވަޑަގެންނެވުމާ ގުޅިގެން ރައީސް ޞާލިޙް އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އަނިޔާއާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް، 2021 ވަނަ އަހަރުން 2024 ވަނަ އަހަރަށް އދ.އިން އެކުލަވާލައިފައިވާ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާގެ ގޮނޑި ޝުޖޫން ކާމިޔާބު ކުރެއްވީ 19 ބޭފުޅަކާ ވާދަކުރައްވައިގެންނެވެ. މި އިންތިޚާބުގައި ޝުޖޫނަށް 62 ވޯޓު ލިބިވަޑައިގެންފައި ވާއިރު، ކޮމިޓީއަށް އެކަމަނާ އިންތިޚާބުވެފައި ވަނީ 7 ވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ކެނޑިޑޭޓްގެ ގޮތުގައެވެ.

ޖުމްލަ 70 ވޯޓު ހޯއްދަވައިގެން އެންމެ ގިނަ ވޯޓާއެކު މި ކޮމިޓީއަށް އިންތިޚާބުވީ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަށްވާ ތަޖުރިބާކާރެއްކަމަށްވާ މޮރޮކޯ ގެ ޕްރޮފެސަރ ޢަބްދުﷲ އޮނީރެވެ.

މިކަމާ ގުޅިގެން ފަނޑިޔާރު ޝުޖޫން އަށް މަރުޙަބާ ދަންނަވައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާގެ މެމްބަރުކަމަށް އިންތިޚާބު ވުމާ ގުޅިގެން ފަނޑިޔާރު ޝުޖޫން އަށް މަރުޙަބާ ދަންނަވާ ކަމަށާއި، އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރަމުންދަނީ އެންމެ ފުރިހަމައަށްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭނެކަމަށް ޔަޤީންކުރަށްވާ ކަމަށެވެ.



ޝުޖޫން ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އދ.ގެ ސަބް ކޮމިޓީއަށް އިންތިހާބުވެފައެވެ. އެގޮތުން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުން 2018 ވަނަ އަހަރަށް ބޭއްވި ސަބް ކޮމިޓީގެ އިންތިހާބުވެސް ޝުޖޫން ވަނީ ކާމިޔާބުކޮށް، އެ ކޮމިޓީގެ މެންބަރުކަން ކޮށްފައެވެ. އެކޮމިޓީގެ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ 3 އަހަރު ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން