އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ދާދިފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަކީލް، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. ޝަކީލް އީސީގެ ރައީސްކަމަށް އައްޔަންކުރަން މަޖިލީހުގެ ރުހުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވާފައިވަނީ އިއްޔެގެ ޖަލްސާގައެވެ.
މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ، ޝަކީލްއާ އިތުރު އިންޓަވިއުއެއް ކުރުމަކާ ނުލައި އޭނާއަށް ރުހުން ދިނުމަށެވެ. ކޮމިޓީން މިގޮތަށް ނިންމީ، އީސީގެ މެންބަރުކަމަށް އޭނާ އައްޔަންކުރުމަށްޓަކައި މިދިޔަ ހަފުތާގައި އިންޓަވިއުކޮށް، އޭނާގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި މަޖިލީހުން ކުރިން ރުހުން ދީފައިވާތީއެވެ. ޝަކީލް އީސީގެ މެންބަރުކަމަށް ރައީސް މުޢިއްޒު އަލުން އައްޔަންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.
ޝަކީލަކީ އިންތިޚާބީ ކަންކަމާއި އިދާރީ ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ގައުމީ ބޭންކު (ބީއެމްއެލް) ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މީގެ އިތުރުން، ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ އެންމެ ފުރަތަމަ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެވުނީ 3 ޑިސެންބަރު 2014 ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 9 މެއި 2018 ގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު