ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކްރާންތު މަސީ، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ކާސްޓިންގް ޑައިރެކްޓަރުންނާއި އެސިސްޓެންޓުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ބެންގަލޫރުގައި ދާދިފަހުން ބޭއްވި ފިކީ ފްލޯ އިވެންޓެއްގައި ވާހަކަދައްކަމުން ވިކްރާންތު ބުނީ، ގިނަ ކާސްޓިންގް ޑައިރެކްޓަރުންނަކީ ހަގީގަތުގައި ނާކާމިޔާބުވެފައިވާ އެކްޓަރުން ކަމަށެވެ.
ވިކްރާންތު ފާހަގަކުރި ގޮތުގައި، ކާސްޓިންގްގެ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންނަކީ އެމީހުންގެ އަމިއްލަ އެކްޓިންގް ކެރިއަރުގައި އެދެވޭ ކާމިޔާބީއެއް ނުލިބުނު މީހުންނެވެ. "ނާކާމިޔާބު" މި ބަހުގެ ބަދަލުގައި އެމީހުންނަކީ އެމީހުންގެ ގާބިލިއްޔަތު އެންމެ ފުރިހަމައަށް ބޭނުންނުކުރެވުނު ނުވަތަ ނަސީބު ދެރަ އެކްޓަރުން ކަމަށް ބުނެވިދާނެ ކަމަށް އޭނާ ބުންޏެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެފަދަ ވަޒީފާތަކަށް އެމީހުން ދާންޖެހުމުން، އެމީހުންގެ ހިތްތަކުގައި ހިތްދަތިކަމެއް އުފެދިފައި ހުންނަ ކަމަށް ވިކްރާންތު ފާހަގަކުރިއެވެ.
އޮޑިޝަންތަކުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލަމުން ވިކްރާންތު ބުނީ، ކާސްޓިންގް އެސިސްޓެންޓުން އަމިއްލައަށް އެކްޓިންގް ދަސްކޮށްދޭން އުޅޭ ކަމަށެވެ. "ކެމެރާގެ ފަހަތުގައި ތިބެގެން އެމީހުން މަސައްކަތް ކުރާނީ އެމީހުން ބޭނުންވާ ގޮތަށް އެކްޓު ކުރުވަން. އެކްޓަރު ކިތަންމެ މޮޅަށް ތައްޔާރުވެގެން ދިޔަޔަސް އެމީހުން ބޭނުންވާ ގޮތް ނޫން ގޮތަކަށް އެކަން ކުރިޔަކަނުދޭނެ،" އޭނާ ބުންޏެވެ. މި ސަބަބަށްޓަކައި، ކެރިއަރުގެ ފަހުގެ މަރުހަލާތަކުގައި އޮޑިޝަންތަކަށް ސީދާ ފިލްމުގެ ޑައިރެކްޓަރު އައުމަށް ވިކްރާންތު އެދެން ފެށިއެވެ.
އުމުރުން 16 އަހަރުން ފެށިގެން މަސައްކަތުގެ މައިދާނަށް ނުކުމެ، އަމިއްލަ ތައުލީމަށް ހަރަދުކުރުމަށް ރެސްޓޯރެންޓެއްގައި ވެސް މަސައްކަތް ކުރި ވިކްރާންތު ބުނީ، އެތައް އޮޑިޝަނަކުން އޭނާ ރިޖެކްޓްވި ކަމަށެވެ. ބައެއް ފަހަރު އޭނާ ދޭ އޮޑިޝަން ވަރަށް މޮޅުވެފައި، އެހެން އެކްޓަރުންނަށް ރެފަރެންސެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، އޭނާއަށް އެ ރޯލު ނުލިބޭ ކަމަށް އޭނާ ހިތާމައާއެކު ފާހަގަކުރިއެވެ. ނަމަވެސް، އެ ހުރިހާ ހިތްދަތި ތަޖުރިބާތަކަކީ އޭނާގެ ހުނަރު އިތުރަށް ތަރައްގީކޮށް، ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ.
ޓީވީ ސީރީޒްތަކުން މަޝްހޫރުކަން ހޯދުމަށްފަހު ފިލްމީ ދާއިރާއަށް ނުކުތް ވިކްރާންތު ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި "12ތު ފެެއިލް" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އެންމެ ފަހުން ޝަނާޔާ ކަޕޫރާއެކު "އާކޯނކީ ގުސްތާކިޔާ" އިން ފެނިގެންދިޔަ ވިކްރާންތުގެ ކުރިއަށް އޮތް ފިލްމަކީ ރޫހާނީ ލީޑަރު ސްރީ ސްރީ ރަވީ ޝަންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޯޕިކެކެވެ.

ARG
ކިޔުންތެރިންގެ ހިޔާލު