ބޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް "ވެލްކަމް" ގެ ތިންވަނަ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" އިން މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ވަކިވި ސަބަބު އެ ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ހާމަކޮށްފިއެވެ.
ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އަހުމަދު ޚާން ބުނީ، ސަންޖޭ ދަތު މި ފިލްމުން ވަކިވާންޖެހުނީ ސިއްހީ ފަރުވާއަކަށް އެމެރިކާއަށް ދާންޖެހުމާ ގުޅިގެން ފިލްމަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ސަންޖޭ ދަތާއެކު މީގެ ކުރިން ނަގާފައިވާކަންވެސް ޑައިރެކްޓަރު ފާހަގަކުރިއެވެ.
"ސަންޖޫ މި ފިލްމުގެ ސްކްރިޕްޓް ވަރަށް ގަޔާވި. އޭނާ ހުރީ އަކްޝޭ ކުމާރާއި ޖެކީ ޝްރޮފް ފަދަ ގާތް ރަހުމަތްތެރިންނާއެކު މަސައްކަތް ކުރަން ވަރަށް ބޭނުންވެފައި. ނަމަވެސް ބައްޔަށް ފަރުވާ ހޯދަން އެމެރިކާއަށް ދާންޖެހުމުން ތާރީޚުތައް ދިމާނުވީ،" އަހުމަދު ޚާން ބުންޏެވެ.
ސަންޖޭ ދަތު ފިލްމުން ވަކިވިއިރު، އޭނާ ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން އޭނާ ކުޅެން އޮތް ރޯލު ސުނިލް ޝެޓީއަށް ދިނުމަށާއި، ސުނިލް ޝެޓީ ކުޅެން އޮތް ރޯލު ޖެކީ ޝްރޮފަށް ދިނުމަށް ލަފާދީ، އެކަން ހަމަޖައްސައިދިނީ ސަންޖޭ ދަތު އަމިއްލައަށް އިސްނަގައިގެން ކަމަށް ޑައިރެކްޓަރު ބުންޏެވެ.
34 އަށްވުރެ ގިނަ ތަރިން ހިމެނޭ މި ބޮޑު ފިލްމުގެ މަސައްކަތް ކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަމުން އަހުމަދު ބުނީ، މިހާ ގިނަ ތަރިންގެ ތާރީޚުތައް އެއްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޕަރޭޝް ރާވަލް، ޖޯނީ ލީވާ އަދި އަރުޝަދު ވަރްސީ ފަދަ ބިޒީ ތަރިންގެ ވަގުތު ހޯދުމަށް ދަތިތަކާ ކުރިމަތިވިކަން އޭނާ ފާހަގަކުރިއެވެ.
މި ހުރިހާ ދަތިތަކެއްގެ ތެރޭގައިވެސް ފިލްމުގެ ލީޑް އެކްޓަރު އަކްޝޭ ކުމާރުގެ ފަރާތުން ލިބުނު އެއްބާރުލުން އަހުމަދު ޚާން ވަރަށް ބޮޑަށް ފާހަގަކުރިއެވެ. އަކްޝޭ ވަނީ އޭނާގެ ތާރީޚުތައް ތިން ފަހަރެއްގެ މަތިން ބަދަލުކޮށްދީ، ޑައިރެކްޓަރަށް ހިތްވަރު ދީފައެވެ.
"ވެލްކަމް ޓު ދަ ޖަންގަލް" އަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި އެކަނިވެސް އިންޑިއާއިން 63.75 ކްރޯޑް ރުޕީސް ހޯދާފައިވާއިރު، ދުނިޔޭގެ ބާޒާރުގައި މިހާތަނަށް ވަނީ 93.20 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، 100 ކްރޯޑުގެ ކާމިޔާބީއަކާ ގާތްކޮށްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު