ރަށްވެހިކަމުގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ރަށްރަށް ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މި ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެހެން ރަށަކުން ބޯހިޔާވަހިކަމެއް މިލްކުވެއްޖެނަމަ އެ ރަށެއްގެ ރަށްވެހިކަން ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އަދި ވިޔަފާރި ނުވަތަ އެކި ބޭނުންތަކަށް ރަށްރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ގާނޫނީ ގޮތުން މަގުފަހިވެފައި އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ ހާލަތަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށްވެސް ކަނޑައެޅޭ އުސޫލެއްގެ ދަށުން ރަށްވެހިކަން ބަދަލުކުރެވެން ޖެހޭނެ ކަމަށެވެ. މިއީ މިއަދުގެ ތަހުޒީބީ ދުނިޔޭގައި، އުފަންވި ރަށުގައި އެކަނި ބަނދެވިފައި ތިބެންޖެހޭ ޒަމާނެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެހެން އަތޮޅަކުން ބިމެއް ލިބިއްޖެނަމަ އެތަނެއްގައި ވަޒަންވެރިވުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ދިވެހިންނަކީ އެއް ދީނަކާއި ބަހެއް ހިއްސާކުރާ ބަޔަކަށް ވާއިރު، އެކި ރަށްރަށުގެ މީހުން އެކުވެގެން އުޅުމަކީ މުޖުތަމައު ތަހުޒީބުވެ، އެއްބައިވަންތަކަން ވަރުގަދަވާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ރަށްވެހިކަން ބަދަލުކުރުމުގެ ނިޒާމު ފަސޭހަވުމަކީ ގައުމީ ފެންވަރުގައި ބޭނުންތެރި ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު