އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ދާދިފަހުން އައްޔަންކުރެއްވި މުހައްމަދު ޝަކީލް، އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގައި ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ މި މުހިންމު ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރެއްވީ، ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމަށެވެ.
މުހައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ ކޮމިޝަނުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން، މީގެ ކުރިން ވެސް އޭނާ ވަނީ ކޮމިޝަނުގެ މެންބަރުކަން ކުރައްވައިފައެވެ. ތިން އަހަރު ދުވަހު މެންބަރުކަން ކުރެއްވުމަށްފަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ޝަކީލް ހުންނެވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު