ރާއްޖޭގައި ބަލިތަކުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން އެމްއާރް ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ އެކި ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތެކެވެ. މީގެ ތެރެއިން ފުރަތަމަ ފޭސްގައި އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ބަލިމީހުންނާ ސީދާ ގޮތުން މުޢާމަލާތްކުރާ ސިއްޙީ ޚިދުމަތްތެރިންނަށާއި، 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަނުކޮށް ތިބި ކުދިންނަށެވެ.
މި ޕްރޮގްރާމުގެ ދަށުން މިއަދުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ޚިދުމަތް ކުރިއަށްދާނެ މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޔޫޕީއެޗްސީސީ އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ސެނަހިޔާގެ އިތުރުން ވިލިމާލެ ހޮސްޕިޓަލެވެ.
މި ކެމްޕޭނަކީ މީސަލްސް ނުވަތަ ހިިިމަބިހި ފަދަ ގައިންގަޔަށް އަރާ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމަށާއި، ރާއްޖެއަކީ މިފަދަ ބަލިތައް ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސަރުކާރުން ސިއްޙީ ދާއިރާއަށް ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
އެޗްޕީއޭއިން ވަނީ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މިހާތަނަށް އެމްއާރް ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ކުދިން ގޮވައިގެން ވީހާވެސް އަވަހަށް ވެކްސިން މަރުކަޒުތަކަށް ވަޑައިގަތުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު