ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއް
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއް
ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ބަލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ހިންގާ އިންސްޕެކްޝަންގެ ދަށުން 97 ތަނެއް އިސްލާހުކުރަން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ މަހު 230 ތަނެއް މާލެ ސަރަހައްދުން އިންސްޕެކްޓްކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 130 ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނާއި 96 ފިހާރައިގެ ތެރެއިން އާންމު ސިއްހަތުގެ ޝަކުވާއާ ގުޅިގެން ބަލައި ފާސްކުރި ހަތަރު ތަނެއް ހިމެނެއެވެ.

އޭގެ ތެރެއިން އިސްލާހުކުރަން އެންގީ 53 ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނާއި 44 ހަތަރު ފިހާރައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަނުގެ ގޮތުގައި ހޮޓާ ކެފޭތައް ކަނޑައަޅާފައި އޮތް ނަމަވެސް އާންމުންގެ ތެރޭގައި އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ވަރަށް ބޮޑެވެ.



ކިޔުންތެރިންގެ ހިޔާލު