ވެނެޒުއޭލާއަށް އައި ނުރައްކާތެރި ބިންހެލުންތަކާ ގުޅިގެން، އެ ގައުމުގެ ވަގުތީ ރައީސާ ޑެލްސީ އެލޮއިނާ ރޮޑްރިގޭޒް ގޮމޭޒްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ވެނެޒުއޭލާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދު ކުރަށްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަށްވައި، އެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ބަޔާން ކުރަށްވާފައިވެއެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސްއަށް ރައީސް ޑރ. މުޢިއްޒު ތައުޒިޔާ ފޮނުއްވާފައިވާއިރު، އެޤައުމަށް މިއަދު ވަނީ ވަރުގަދަ ދެ ބިންހެލުމެއް އައިސްފައެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކުރި ގޮތުގައި، ފުރަތަމަ ބިންހެލުން އައިސްފައިވަނީ 7.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އަދި އޭގެ އެއް މިނެޓުވެސް ނުވަނީސް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުމެއް ވަނީ އައިސްފައެވެ.
މި ބިންހެލުންތަކުގެ ސަބަބުން ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބޭރުގެ މީޑިއާތަކުން ލަފާކުރެއެވެ.
މި ހާދިސާއާ ގުޅިގެން ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، ގައުމުގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި ރިކަވަރީ މަސައްކަތްތަކަށް ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަށްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު