ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ނަފުސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލް އެޅުމަށްޓަކައި ހުޅުމާލެއިން ބިމެއް ކަނޑައަޅައި ނިމިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ހޮސްޕިޓަލް ބިނާކުރުމަށްޓަކައި ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ނަފުސާނީ ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނަފުސާނީ ފަރުވާގެ ޚިދުމަތްތައް މާލެ ސަރަހައްދުގައި ގާއިމުކުރަން ނިންމީ ބަލިމީހުންނަށް ބޭނުންވާ މައިގަނޑު ވަސީލަތްތަކާއި، ތަފާތު ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް މިވަގުތު މާލޭގައި ހުރުމުން ކަމަށެވެ. އަދި މި ދާއިރާގެ ފަންނީ މީހުން އެއް ފުރާޅެއްގެ ދަށުން ލިބެން ހުރުމަކީ ފަރުވާގެ ފެންވަރު ރަނގަޅުވާނެ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ހޮސްޕިޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. ކުރިން މި ހޮސްޕިޓަލް އެޅުމަށް ބޭރުގެ ލޯނު އެހީ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާތީ، ރައީސް މުޢިއްޒު ވަނީ މިދިޔަ އޭޕްރިލް މަހު މި މަޝްރޫޢު ދައުލަތުގެ ސީދާ ބަޖެޓުން ކުރިއަށް ގެންދަން ނިންމަވާފައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު