ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ނުވަތަ "ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ އެންމެ ބޮޑު ބޭނުމަކީ ނިޒާމުގެ ތެރެއިން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުއްޓުވުންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މަސައްކަތްތަކުގައި އިންސާނުންގެ ދައުރު ކުޑަކުރުމުން، ވައްކަންކުރުމަށް އޮންނަ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ.
ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި މި ބިލަށް ބަހުސްކުރައްވަމުން ޝުޖާޢު ވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ގަޕޯ ތުހުމަތުކުރެއްވި ގޮތުގައި މި ބިލަކީ އީ-ވޯޓިންގ ތައާރަފުކޮށް، އިންތިޚާބުތަކުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން ރާވައިގެން ހުށަހެޅި ބިލެކެވެ. ނަމަވެސް، މި ތުހުމަތުތައް ދޮގުކުރައްވައި ޝުޖާޢު ވިދާޅުވީ، އީ-ވޯޓިންގ އާ ގުޅޭ އެއްވެސް އިބާރާތެއް އަދި މަގުސަދެއްވެސް އެ ގާނޫނުގައި ހިމެނިފައި ނުވާނެ ކަމަށާއި، އެއީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ ވިސްނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ފެށިގެން އައި މުހިންމު މަސައްކަތެއްކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު، މީގެ ދިހަވަރަކަށް އަހަރު ކުރިން ބޭނުންކުރި ސީޑީއާއި ޕެންޑްރައިވް ފަދަ ވަސީލަތްތަކުގެ ބޭނުން މިހާރު ކެނޑިފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޚާއްސަކޮށް ޕްރޮކިއުމަންޓުގެ ނިޒާމު ޑިޖިޓަލްކޮށް، މީހުންގެ ބައިވެރިވުން ކުޑަކުރެވިއްޖެނަމަ ރާއްޖެއިން ފަސާދައާއި ކޮރަޕްޝަން ނައްތާލެވޭނެ ކަމަށެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްކާތެރިކަމާއި، އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި މޯލްޑިވްސް 2.0 ގެ ކަންކަން ހަރުދަނާކޮށް ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި އައު އިދާރާއެއް އުފެއްދުންވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު