ހުޅުމާލޭ ފޭސް 2 ގެ ފަރުކޮޅުފުށި ހިއްކި ބިމުގައި މިރޭ ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިރޭ 18:37 ހާއިރުއެވެ.
މި މާރާމާރީއާ ގުޅިގެން އަނިޔާވި ދެ މީހުންނަކީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހޮސްޕިޓަލުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށާއި، މި މައްސަލައިގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭ ފޭސް 2 ގައި އާބާދީ އިތުރުވެ، އެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ހިނގަމުންދާއިރު، މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އާންމުންގެ ފަރާތުން އަންނަނީ ގޮވާލަމުންނެވެ.
ފުލުހުން ދަނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

KSA
ކިޔުންތެރިންގެ ހިޔާލު