ލާމަރުކަޒީ ނިޒާމުގެ ތެރެއިން ވޭތުވެދިޔަ 15 އަހަރު އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އެންމެ މަންދޫބަކު ތަމްސީލުކުރަމުން އައި ހުޅުދޫއަށް، މިހާރު ވަނީ ވަކި އިދާރީ ކައުންސިލެއް ގާއިމުކުރެވިފައެވެ.
ނަމަވެސް، މި ބަދަލާއެކު އާ ކައުންސިލަށް ކުރިމަތިލާން ޖެހިފައިވަނީ އެއްވެސް ވަސީލަތެއް ނެތް، ބާކީވެފައިވާ ފަދަ ހާލަތަކާ ކަމަށް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ފާހަގަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހެން ކައުންސިލްތަކާ އެއްވަރަށް ރަށުގެ ތަރައްގީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުޅުދޫގެ ކުރިއެރުމަށް އެދޭ ހުރިހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަން މިވަގުތު އިންތިހާއަށް ބޭނުންވެއެވެ.
މީގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތްތައް ފެށުމަށްޓަކައި، މިހާތަނަށް އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުޅުދޫގެ އެންމެހާ މުދަލާއި، ރެކޯޑުތަކާއި، މާލީ ހިސާބުތަކުގެ އިތުރުން ބަޖެޓު ފައިސާ، ލަސްނުކޮށް އާ ކައުންސިލާ ހަވާލުކޮށްދެއްވުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ އާ ކައުންސިލްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ކަންކަމެވެ.

KSA
ކިޔުންތެރިންގެ ހިޔާލު