ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ނައިބުރައީސް ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން މި ފޯރަމުގައި ތަޤުރީރު ކުރަށްވާފައި ކަމަށެވެ. މި ފޯރަމް ހުޅުވުމުގެ ކުރިން، އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި "ލީޑާސް ގާލާ ޑިނާ" ގައި ނައިބުރައީސް ބައިވެރިވެވަޑައިގެންނެވިއިރު، މިއީ ފޯރަމްގެ ކުރިން، އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރުމަށް، ފޯރަމްގެ ބައިވެރިންނަށް ލިބިވަޑައިގެންނެވި ފުރުޞަތެކެވެ.
މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ މުހިންމު ސެޝަންތަކެއްގައި ބައިވެރިވެވަޑައިގެން، ތަޤުރީރުތައް ދެއްވާފައެވެ. އެގޮތުން، ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ތަޤުރީރުކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހި، މައްސަލަތަކާ ކުރިމަތިލުމުގައި، ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ކްލައިމެޓް ފައިނޭންސް (މޫސުމީ މާލީ އެހީ) އިތުރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ކިބައިގައިވާ ތަހައްމަލުކުރުމުގެ ޤާބިލުކަން އިސްކުރަންޖެހޭ ކަމަށާއި، ހިޖުރަކުރަން ޖެހުނު ނަމަވެސް، އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިޚްތިޔާރުގައި، އަދި އަބުރުވެރި ގޮތެއްގައި ކުރެވޭ ކަމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ކުރިއަށް ގެންދެވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގައި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، އެޑަޕްޓޭޝަން ނުވަތަ އަހުލުވެރިވުން އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ހުރިހާ ފަންތިއެއްގައި ކޯޑިނޭޓް ކުރެވިފައިވާ ބައިވެރިވުންތަކެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޖުތަމަޢުތައް ބޭނުންވާ ތަނެއްގައި އަބުރުވެރިކަމާއެކު ދެމިތިބުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ހަމައެއާއެކު، ޗެމްޕިއަންސް ބްރެކްފާސްޓްގައި، ފޯރަމުން ނުކުތް މުހިންމު ނަތީޖާތަކާ މެދު ވިސްނުން ހިންގަވައި، ގުޅުންތައް ބަދަހިކުރައްވައި، "ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ" ޙާޞިލުކުރުމަށް ހުރި ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރު ދެއްވިއެވެ.
މި ފޯރަމްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލައިމެޓް މޮބިލިޓީގެ އުޞޫލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުންތަކާއި ތަޞައްވުރު ހިއްސާކުރައްވައި، ނާޒުކު ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަމާއި އެޑަޕްޓޭޝަންގެ ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ވާހަކަފުޅުދައްކަވާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

JPN
KSA
IRN
ކިޔުންތެރިންގެ ހިޔާލު