ތައުލީމީ ގޮތުން ކުރިއަރާފައިވާ ކޮންމެ މީހަކީ އަމިއްލަ އެދުމަށްވުރެ މުޅި މުޖުތަމައުގެ ލާބައާއި މަސްލަހަތު އިސްކުރާ، ހަރުދަނާ އަޚުލާގެއްގެ ވެރިއަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވަނީ، ފާއިތުވި 20 އަހަރުގެ ތެރޭގައި މިއާންޒް ކޮލެޖުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކަށާއި، އެ ކޮލެޖުން ހޯދާފައިވާ ހަލުވި ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ގައުމަށް ބޭނުންވާ ތަރުބަވީ އަދި ހޭލުންތެރި ޖީލެއް ބިނާކުރުމަށް އެ ކޮލެޖުން ކުރާ މަސައްކަތަކީ ދައުލަތުން ބަލައިގަންނަ، އުފާކުރާ ކަމެކެވެ.
"ތައުލީމަކީ ހަމައެކަނި ފޮތްތަކަކުން އުނގެނޭ އެއްޗެއް ނޫން. އެއީ އިންސާނާގެ ވިސްނުމާއި، އުޅުމާއި، ގޮތްފޮތަށް އަންނަ ހެޔޮ ބަދަލެއް. ތަރައްގީއަކީ ވެސް އެއީ،" ތައުލީމުގެ ހަގީގީ މަގުސަދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންމެ މީހަކުވެސް ތައުލީމު ހާސިލުކުރުމުގެ އެންމެ އިސް ބޭނުމަކަށް ވާންވާނީ، ތިމާގެ ދީނާއި، ގައުމާއި، އާއިލާގެ އިތުރުން އަމިއްލަ ނަފުސަށް ބާއްޖަވެރިކަން ހޯދައިދިނުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހަގީގީ ތައުލީމީ މީހެއްގެ ފުށުން ފެންނަންޖެހޭ އެންމެ މުހިންމު ސިފަތަކަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ބޯލަނބައި، ދީނީ ކަންކަމަށް ފަރުވާތެރިވުމާއެކު، މީހުންނާ މުއާމަލާތް ކުރުމުގައި އިޙުތިރާމާއި އަދަބުވެރިކަން އިސްކުރުން ކަމަށްވެސް ވިދާޅުވިއެވެ.
މެޑަމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކިޔަވައިގެން ތިބި މީހުންނަކީ މުޖުތަމައުގެ އިތުބާރު ލިބިފައިވާ، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ އަދި ޖަމާއީ މަސްލަހަތު ކުރިއަރުވާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

JPN
KSA
IRN
ކިޔުންތެރިންގެ ހިޔާލު