ހުޅުމާލޭގައި ހުންނަ އަމާން އުދަރެސް ޓަވަރު
ހުޅުމާލޭގައި ހުންނަ އަމާން އުދަރެސް ޓަވަރު
ހުޅުމާލޭގައި ހުންނަ އަމާން އުދަރެސް ޓަވަރުގެ ފަންގިފިލާއެއްގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ ވަކި ފަންގިފިލާއެއްގެ ބެލްކަނީގައެވެ.

ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ބެލްކަނީގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި އަލިފާނުގެ އެހެން ހާދިސާއެއް ވެސް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ހުޅުމާލެ ފޭސް 1 ގެ 141 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި ބަދިގެއެއްގައި، ފެން ހޫނުކުރާ ޕޮޓެއް ބޭނުންކުރުމުގެ ތެރޭގައި ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.



ކިޔުންތެރިންގެ ހިޔާލު