2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުންދާއިރު، ބޮސްނިއާ އެންޑް ހެރްޒެގޮވިނާގެ ލަވައެއް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. "އައި އެމް ފްރޮމް ބޮސްނިއާ، ޓޭކް މީ ޓު އެމެރިކާ" ކޯރަސް ގެ އަޑު ހިމަނައިގެން ކިޔާފައިވާ މި ލަވަ މިހާރު ވަނީ އިންޓަނެޓްގައި ވަރަށް ބޮޑަށް ވައިރަލްވެ، ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ބޮސްނިއާގެ މަޝްހޫރު ބޭންޑް "ޑުބިއޯޒާ ކޮލެކްޓިވް" އިން އުފައްދާފައިވާ މި ލަވަ އަލުން މަޝްހޫރުވެގެން ދިޔައީ، ބޮސްނިއާގެ ގައުމީ ޓީމު ވޯލްޑް ކަޕްގެ ފޯރިގަދަ މައިދާނުގައި ވާދަކުރަން ފެށުމާ ގުޅިގެންނެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ސްޓޭޑިއަމްތަކާއި، ފޭން ޒޯންތަކުގެ އިތުރުން މަގުމަތީގައި ވެސް ސަޕޯޓަރުން މި ލަވައިގެ ރާގަށް ފޯރިނަގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
މަޖާ އަދި ހަލުވި ރިދަމެއްގެ މައްޗަށް ބިނާކޮށްފައިވާ މި ލަވައަކީ ގައުމީ ޖޯޝުން ފުރިގެންވާ، ބޮސްނިއާގެ ފަޚުރުވެރިކަން ރަމްޒުކޮށްދޭ އުފެއްދުމެކެވެ. ލަވައިގެ ލިރިކްސްގައި އެމެރިކާއަށް ދިއުމާ ބެހޭގޮތުން ސަމާސާ ރާގަކަށް ބުނެފައިވީ ނަމަވެސް، ބޮސްނިއާގެ ސަޕޯޓަރުން މި ލަވަ ބޭނުންކުރަނީ ވޯލްޑް ކަޕަށް އެ ގައުމު ކުރި ދިގު އިންތިޒާރާއި، ކުރި ދަތުރު ފާހަގަކުރުމުގެ ރަމްޒެއްގެ ގޮތުގައެވެ.
ބޮސްނިއާގެ އިތުރުން އެހެން ގައުމުތަކުގެ ސަޕޯޓަރުންގެ ފަރާތުން ވެސް މި ލަވައަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ މިއަހަރުގެ މުބާރާތުގައި ފެނިގެންދާ އެންމެ ފާހަގަކޮށްލެވޭ "ފޭން އެންތަމް" ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. މި ލަވައިގެ މަގުބޫލުކަން ފުޓްބޯޅަ ދަނޑުން ބޭރަށް ނިކުމެ، ތަފާތު ވީޑިއޯތަކާއި އުފާފާޅުކުރުންތަކުގައި ވެސް ދަނީ ބޭނުންކުރެވެމުންނެވެ.
ބޮސްނިއާ އެންޑް ހެރްޒެގޮވިނާގެ ޓީމުން ދަނޑުމަތީގައި ދައްކަމުންދާ ކުޅުމުގެ އިތުރުން، "އައި އެމް ފްރޮމް ބޮސްނިއާ، ޓޭކް މީ ޓު އެމެރިކާ" ލަވައިގެ ސަބަބުން އެ ގައުމުގެ ނަން މިވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. މުބާރާތް ކުރިއަށްދާ ވަރަކަށް، ބޮސްނިއާގެ ސަޕޯޓަރުން އެއްވާ ކޮންމެ ތަނަކުން މި ލަވައިގެ ފޯރިގަދަ އަޑު އިވިގެންދާނެކަން ކަށަވަރެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު