ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބޭއްވުނު އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު، ކުޅުންތެރިންގެ ހުނަރާއި ކުޅުމަށް ބަލައި ފީފާއިން އަލަށް ތައާރަފްކުރި "ފީފާ ޕަވަރ ރޭންކިންގް" އިޢުލާނުކޮށްފިއެވެ. އަރަމްކޯއިން ސްޕޮންސަރ ކޮށްގެން އެކުލަވާލި މި ރޭންކިންގްގެ އެންމެ ކުރީގައި ހިމެނެނީ މުޅި މުބާރާތުގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި މައިކަލް އޮލީސޭގެ އިތުރުން ޗެމްޕިއަން ސްޕެއިންގެ ރޮޑްރީއެވެ.
މި ރޭންކިންގް އެކުލަވާލާފައިވަނީ މައިގަނޑު ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ އެޓޭކިންގް، ކްރިއޭޓިވިޓީ އަދި ޑިފެންސިވް ބައެވެ. ކޮންމެ ކެޓެގަރީއަކުން އެންމެ މޮޅު 10 ކުޅުންތެރިން ހޮވާފައިވާއިރު، މި ތިން ބައިން ވެސް ކުރި ހޯދާފައިވަނީ ފްރާންސާއި ސްޕެއިންގެ ތަރިންނެވެ.
އެޓޭކިންގް ކެޓެގަރީން ޖޫޑް ބެލިންހަމް އާއި ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު އެއްވަނަ ހޯދީ ކީލިއަން އެމްބާޕޭއެވެ. ކްރިއޭޓިވިޓީގެ ބައިން މައިކަލް އޮލީސޭ އެއްވަނަ ކަށަވަރުކުރިއިރު، ޑިފެންސިވް ބައިން އެއްވަނަ ހޯދީ ސްޕެއިންގެ ރޮޑްރީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑިފެންސިވް ރޭންކިންގްގެ ގަދަ ހަތަރު މަގާމުވެސް ކަށަވަރުކުރީ މުޅި މުބާރާތުގައި އެންމެ ވަރުގަދަ ޑިފެންސެއް ދެއްކި ސްޕެއިންގެ ކުޅުންތެރިންނެވެ.
ފަހު ވަގުތު ކުޅުންތެރިން ދެއްކި ހިތްވަރު
ފައިނަލް މެޗުގައި މޮޅުވި ލަނޑު ޖަހައިދިން ސްޕެއިންގެ ފެރާން ޓޮރޭޒް ވަނީ އެ ދުވަހު ދެއްކި މޮޅު ކުޅުމާއެކު ރޭންކިންގްގައި 94 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، ގަދަ 30 އިން ޖާގަ ހޯދާފައެވެ. ހަމައެއާއެކު، އިންގްލެންޑުގެ ބުކާޔޯ ސަކާ 13 ވަނައަށް ޖެހިލިއިރު، މާކަސް ރަޝްފޯޑް ވަނީ 44 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ކްރިއޭޓިވިޓީ ބަޔަށް ބަލާއިރު، ސްޕެއިންގެ ނިކޯ ވިލިއަމްސް ވަނީ މެސީއަށްވުރެ މަތިން ސްކޯ ހޯދައި، އެ ގައުމުގެ ހަތް ކުޅުންތެރިން ގަދަ ދިހައެއްގައި ހިމެނިފައެވެ.
އެޓޭކިންގްގެ ރަސްކަލަކީ އެމްބާޕޭ
ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލަގަބާއެކު، އެމްބާޕޭ (9.12) ވަނީ އެޓޭކިންގް ބައިން ރަސްކަން ކޮށްފައެވެ. އޭނާ ވަނީ ރޭންކިންގްގެ އެއްވަނައިގެ އިތުރުން ގޯލްޑަން ބޫޓުވެސް ހާސިލްކޮށްފައެވެ. މި ބައިން ދެވަނަ ލިބުނީ ބެލިންހަމް (8.29) އަށެވެ. އަދި ތިންވަނައިގައި އޮތީ މެސީ (8.06) އެވެ. މި ލިސްޓުގެ ގަދަ ދިހައެއްގައި ނޯވޭގެ އާލިންގް ހާލަންޑާއި ސްވިޒަލޭންޑުގެ ޒުވާން ކުޅުންތެރިޔާ ޖޯހަން މަންޒަމްބީ ވެސް ހިމެނެއެވެ.

ފިފާ ޕަވާރ ރޭންކިންގގެ އެޓޭކިންގް ކެޓެގަރީން އެންމެ މޮޅު 10 ކުޅުންތެރިން
ކްރިއޭޓިވިޓީގެ ރަސްކަން އޮލީސޭއަށް
ކްރިއޭޓިވިޓީ ބައިން އެމްބާޕޭ އާއި މެސީއާ ވާދަކޮށް ކުރި ހޯދީ ފްރާންސްގެ މައިކަލް އޮލީސޭ (8.29) އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 7 އެސިސްޓް ހަމަކޮށް، އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. މި ކެޓެގަރީގެ ގަދަ ދިހައެއްގައި ސްޕެއިންގެ ލަމީން ޔަމާލް، އެލެކްސް ބައޭނާ އަދި ޑެނީ އޮލްމޯގެ އިތުރުން އިންގްލެންޑުގެ އެންތަނީ ގޯޑަން ވެސް ހިމެނެއެވެ.

ފިފާ ޕަވާރ ރޭންކިންގގެ ކްރިއޭޓިވިޓީ ކެޓެގަރީން އެންމެ މޮޅު 10 ކުޅުންތެރިން
ސްޕެއިންގެ ބުރަދަން ހުރި ޑިފެންސް
މުޅި މުބާރާތުގެ 8 މެޗުން އެންމެ ލަނޑެއް ވަން ސްޕެއިންގެ ޑިފެންސްގެ ވަރުގަދަކަން މި ރޭންކިންގްއިން ވެސް ހާމަވެއެވެ. ޑިފެންސިވް ބައިން އެއްވަނަ ހޯދީ ގޯލްޑަން ބޯލް ކާމިޔާބުކުރި ރޮޑްރީ (8.23) އެވެ. އޭނާގެ ފަހަތުން ޕާއު ކުބާސީ، ޕެޑްރޯ ޕޯރޯ އަދި އައިމެރިކް ލަޕޯޓް ވަނީ ގަދަ ހަތަރު މަގާމު ފުރިހަމަކޮށްފައެވެ. މިއީ މުބާރާތެއްގެ ރޭންކިންގްގައި އެއް ގައުމެއްގެ ޑިފެންޑަރުން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.

ފިފާ ޕަވާރ ރޭންކިންގގެ ޑިފެންސިވް ކެޓެގަރީން އެންމެ މޮޅު 10 ކުޅުންތެރިން

ކިޔުންތެރިންގެ ހިޔާލު