ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވާ މުޙައްމަދު ނިޒާރަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި މައްސަލަ އެސްއޯއީ ކޮމިޓީއަށް ފޮނުއްވާފައެވެ. ޕީސީބީގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރަން މި ނިންމެވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި އާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި ސަރުކާރުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަންނީ މާހިރެކެވެ. މީގެ ކުރިން 2014 އިން 2019 އަށްވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަން ކުރައްވައި، ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ޢުލީމީ ގޮތުން ބަލާއިރު، ނިޒާރު ވަނީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިސް އެގްޒެކެޓިވް މަޤާމުތަކެއް ފުރުއްވާފައެވެ.
ނިޒާރު ވަނީ މޯލްޑިވްސް ގޭސް އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓާއި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު