ދިވެހިރާއްޖޭގެ މައި އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ވެރިކަން ކުރަން ނޭނގޭ ކަމަށާއި، އެކަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކޮންމެ ފަހަރަކު ޕީއެންސީން ވެރިކަމާ ހަވާލުވާން މިޖެހެނީ އެމްޑީޕީން ވެރިކަމުގައި އޮވެ "ހާވާފައި އޮންނަ ހަޑި" ސާފުކުރަން ކަމަށެވެ. އަދި ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖެ ލޫޓުވާލާފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުތަކުން ނެގި ލޯނުތަކުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުވަތަ ޤައުމުގެ އިޤްތިޞާދަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި ދެއްކުމާ ގުޅޭގޮތުން ޝުޖާއު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުގެ ސަރުކާރުން ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި 1.2 ބިލިއަން ޑޮލަރު ލޯނު ދެއްކުމަށް ޚަރަދު ކޮށްފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވަނީ 191.25 މިލިއަން ޑޮލަރެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި 428.68 މިލިއަން ޑޮލަރު ދައްކާފައިވެއެވެ.
އަދި ރައީސް ޔާމީންގެ މުޅި ދައުރުގައި 418.17 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ރައީސް ޞާލިޙްގެ މުޅި ދައުރުގައި 953.93 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 1.14 ބިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ 710.4 މިލިއަން ޑޮލަރާއި، ރައީސް ނަޝީދާއި ރައީސް ވަޙީދުގެ ސަރުކާރުގެ 150 މިލިއަން ޑޮލަރުގެ އިތުރުން ރައީސް މައުމޫންގެ ސަރުކާރުން ނަގާފައިވާ 106.3 މިލިއަން ޑޮލަރުވެސް ބާކީ އެބައޮތެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު