މާލެ ސަރަހައްދުގެ ސްކޫލެއްގައި ފަސް އަހަރު ވަންދެން ހިންގަމުން ދިޔަ ހިޔާނާތުގެ ބޮޑު މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައަކީ އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވެގެން ރާއްޖެ ދޫކޮށް ދިޔަ ފަހުން، އޭނާގެ ނަމުގައި މުސާރަ ނަގަމުން ދިޔަ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އެ ސްކޫލުގެ ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިހާރު ވަނީ ނިންމާފައެވެ. ވަޒީފާ އިން ވަކިކުރަން ނިންމި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.
އޭސީސީން މިއަދު ބުނީ، އެ ސްކޫލުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަ އެ ކޮމިޝަނުން މިހާރު ރަސްމީކޮށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް އޭސީސީން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މި ޖަރީމާ ފަޅާއެރީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް ރެންޑަމްކޮށް އޮޑިޓް ކުރަމުން ދަނިކޮށެވެ. ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބިދޭސީ މުވައްޒަފުގެ ނަމުގައި ޖުމްލަ 1.5 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވެއެވެ.
މި މައްސަލައިގެ ތަފްސީލު ދަންނަ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، ބިދޭސީ މީހާ ވަޒީފާ އިން ވަކިވުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ ފައިސާ ޖަމާކުރަމުން ދިޔައީ ބަޖެޓް އޮފިސަރާ އާއިލީ ގުޅުން އޮތް އެކި މީހުންގެ ބޭންކް އެކައުންޓުތަކަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ނާސިހް ވެސް ވަނީ މިފަދަ މައްސަލައެއް ފާހަގަވެފައިވާ ކަމާއި، އެކަމުގައި ޝާމިލުވާ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއްގެ ފައިސާ މިގޮތަށް ނަގާފައިވާ މި މައްސަލައަކީ ފަހުގެ ތާރީޚެއްގައި ސްކޫލެއްގެ އިދާރީ މުވައްޒަފުންތަކެއް ހިންގި އެންމެ ބޮޑު އެއް ހިޔާނާތެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު