އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާތީ، އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމާއެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ނިންމުމަކީ ރާއްޖެއިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަވެ، މުޅި ސަރަޙައްދަށް ސުލްހައާއި ހަމަޖެހުން ލިބޭނެ ކަމަށް ޤަބޫލުކުރާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. ފޮރިން މިނިސްޓްރީގެ ބަޔާނުގައި، ދެ ޤައުމުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް މަޝްވަރާއާއި ޑިޕްލޮމަސީގެ މަގު ޚިޔާރުކޮށްފައިވާތީ އެކަން ފާހަގަކޮށްފައިވެއެވެ.
މި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނާއި، ޤަޠަރާއި، ގަލްފްގެ ޤައުމުތަކުން އަދާކުރި ހައްސާސް ދައުރު ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އެ ޤައުމުތަކަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ކުރިއަށްދާ މިފަދަ މަސައްކަތްތަކަށާއި، ދެމިގެންވާ ސުލްހައާއި އިޤްތިޞާދީ ކުރިއެރުމަށް ރާއްޖެއިން އަބަދުވެސް ވާގިވެރިވާނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވައިލި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން އެ ސަރަޙައްދުގެ ހުރިހާ ހިސާބެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުންނާއި ދާއިމީކޮށް ހުއްޓައިލަން ޖެހޭނެއެވެ.

SEN
ކިޔުންތެރިންގެ ހިޔާލު