ބީ-52 މަރުކާގެ ބޮމްބަރު
ބީ-52 މަރުކާގެ ބޮމްބަރު
އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 މަރުކާގެ ބޮމްއަޅާ މަތިންދާ ބޯޓެއް، ކެލިފޯނިއާގެ އެޑްވާޑްސް އެއާ ފޯސް ބޭހުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓިއްޖެ އެވެ. މި ހާދިސާ ހިނގިކަން އެ ބޭހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ވައިގެ ސިފައިން "އެކްސް" (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހާދިސާ ހިނގުމާއެކު އެމަޖެންސީ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުތޯ ނުވަތަ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ. ހާދިސާ ހިނގި ސަރަހައްދުން ކަޅު ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.

ބޯއިންގް ބީ-52 ސްޓްރެޓޯފޯޓްރެސް އަކީ 1955 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ، ދުރު ރާސްތާއަށް ދަތުރުކުރެވޭ ބޮމްބަރު މަތިންދާ ބޯޓެކެވެ.

އާންމުކޮށް ފަސް މީހުންގެ ފަޅުވެރިންނާއެކު ދަތުރުކުރާ މި ބޯޓަކީ ނިއުކްލިއާ އަދި އާދައިގެ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.

ވިއެޓްނާމް ހަނގުރާމައިން ފެށިގެން މިހާރު ކުރިއަށްދާ އީރާނާ ދެކޮޅު ހަނގުރާމައިގެ ތެރޭގައި ވެސް މި ބޯޓުތައް ބޭނުންކުރަމުން އަންނަ އިރު، ކޮންމެ ބޯޓެއްގެ އަގު ގާތްގަނޑަކަށް 110 މިލިއަން ޑޮލަރަށް އަރަ އެވެ.



ކިޔުންތެރިންގެ ހިޔާލު