މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)
މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރުމަށް މިހާރު ހުށައަޅާފައިވާ ގޮތާމެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސް ގައި ފިއްޓެ މިއަދު ވިދާޅުވީ، ބިލު ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރާއި ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކް ހަވާލު ކުރުން ފަދަ ކަމެއް ކަމަށެވެ.

އެގޮތުން ފިއްޓެ ވިދާޅުވީ، ޒާތީ މައުލޫމާތު ފަދަ މުހިއްމު ބިލެއްގެ ވާހަކަ ދައްކާއިރު، އެ ގާނޫނު ތަންފީޒު ކުރަން ކަނޑައަޅާފައިވާ ވަޒީރަކީ. މެންބަރުގެ އަމިއްލަ ރަށް ކަމަށްވާ ވައިކަރަދޫގެ 400 އެއްހާ މީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ޕީއެންސީ އަށް ފޯމު ފުރާފައިވާ ކަމަށް ބެލެވޭ ފަރާތެއް ކަމަށެވެ. އެގޮތުން ފިއްޓެ އާއި، ކުރީގެ ހައިކޯޓުގެ ފަނޑިޔާރެއްވެސް ޕީއެންސީއަށް ވެއްދި ކަމަށް ފިއްޓެ ވިދާޅުވެފައިވެއެވެ.

"މިތަނަށް ވަޑައިގެން އިއުތިރާފު ވެސް ވެފަ އެ ހުންނެވީ. މިއީ މިފަދަ ގާނޫނެއް ތަންފީޒު ކުރަން ހުންނެވި ބޭފުޅާ. ވައިކަރަދޫ އެންމެހެން ވައްދާފަ އޮތީ ޕީއެންސީ އަށް. އެމީހުންގެ ޒާތީ މައުލޫމާތު ނަގައިގެން." ޤާނޫނު ތަންފީޒުކުރަން ހުށައަޅާފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރަށްވަމުން ފިއްޓެ ވިދާޅުވިއެވެ.

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެއްކުރުމާއި، ޕްރޮސެސް ކުރުމާއި، ބޭނުން ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ތައްޔާރުކޮށްފައިވާ ބިލެކެވެ. މީގެ އިތުރުން، ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސް ކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާނެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު