މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް އެކުލަވާލި، ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދަށް އަމަލުކުރުމަށް ތައްޔާރުވުމަށްޓަކައި ހަ މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅައި، އާންމު ސިއްހަތު ރައްކާތެރިކުރުމެވެ. މި ގަވާއިދުގެ ދަށުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިހާރު ބާޒާރުގައި ހުރި ތަކެއްޗާއި، އަލަށް އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ތަކެތި މި ގަވާއިދުގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން:
އަސްލު އޮޅޭގޮތަށް ލޭބަލްކުރުން: 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވުން: 10،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ.
ކުށް ތަކުރާރުކުރުން: ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ލައިސެންސް ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
ބަންދުކުރުމުގެ މިންގަނޑާ ހިލާފުވުން: 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ.
ހަމައެއާއެކު އެމްއެފްޑީއޭއިން ބުނީ ކުށުގެ ސީރިއަސް ކަމަށް ބަލައި ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެ އޮތޯރިޓީއަށް އޮންނާނެ ކަމަށެވެ. އަދި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން އަމަލުކުރަމުން އައި "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު" ވަނީ އުވިފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު