ހުޅުމާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ތަނެއް ބަލާފާސްކޮށް ބަންދު ބޯޑު އަޅުވާފައި--
ހުޅުމާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ތަނެއް ބަލާފާސްކޮށް ބަންދު ބޯޑު އަޅުވާފައި--
ހުއްދަނެތި ހުޅުމާލޭގައި ކާބޯތަކެތީގެ ހިދުމަތްދެމުންދިޔަ ހަތަރު ތަނެން ބަންދުކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިރޭ ބުނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެޗްޑީސީ އާ ގުަޅިގެން މިިދިޔަ ހޯމަ ދުވަހު އެ އޮތޯރިޓީން ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާތޯއާއި އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން 26 ތަނެއް ބަލައިފާސްކޮށް ހުއްދަ ނެތި ހިންގަމުމް ދިޔަ 4 ތަނެއް ބަންދުކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. ބަންދުކުރި ތަންތަނުގެ ނަމެއް އެމްއެފްޑީއޭއިން ހާމައެއްނުކުރެއެވެ.

އަމިއްލަ ގޭގައި ކާބޯތަކެތި ހަދާ ތަންތަނުގެ އިންސްޕެކްޝަންވެސް އަންނަ މަހުގެ ފަހަކުން 20އަށް ކުރިއަށް ގެންދަން އެމްއެފްޑީއޭއިން ވަނީ ނިންމައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް