ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ޒީނާޒު އެ މަގާމަށް އައްޔަންކުރައްވާފައިވާކަން ވަނީ ކަށަވަރުވެފައެވެ. ޒީނާޒަކީ މި ސަރުކާރުގެ ކުރީކޮޅު ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
މި އައްޔަންކުރުމާ ގުޅިގެން ޒީނާޒުގެ ފިރިކަލުން، ލޯކަލް ގަވަނަންސް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އާދަމް ޝަރީފް އުމަރުގެ ދައުރެއް އޮތްކަމަށް ބެލެވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަރުކާރަށް ގެންނަވަން ނިންމެވި ބަދަލުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އާދަމް ޝަރީފް ވަނީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެހެންނަމަވެސް، އޭނާ ގަތަރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު