ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ވަޒީފާގެ މާހައުލަށް އައި އެންމެ ބޮޑު ބަދަލަކީ ގޭގައި ތިބެގެން މަސައްކަތް ކުރުން ނުވަތަ "ރިމޯޓް ވޯކިންގް" އެވެ. ނަމަވެސް، ދާދިފަހުން 'ސައިންސް' ޖާނަލްގައި ޝާއިޢުކުރި އައު ދިރާސާއަކުން ދައްކާގޮތުގައި، ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންނަށް ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ޔުނިވަރސިޓީ އޮފް ވަރޖިނިއާ އަދި ފެޑަރަލް ރިޒާވް ބޭންކް އޮފް ނިއުޔޯކްގެ އިޤްތިޞާދީ މާހިރުން ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، 2011 އަކުން 2024 އަށް އެމެރިކާގެ ބައި މިލިއަނަށްވުރެ ގިނަ މުވައްޒަފުންގެ މަޢުލޫމާތު ވަނީ ދިރާސާކޮށްފައެވެ. މީގެ ތެރޭގައި ސޮފްޓްވެއަރ އިންޖިނިއަރިން ފަދަ ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތަކާއި، ސަރޖަރީ ފަދަ އޮފީހަށް ގޮސްގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް ހިމެނެއެވެ.
ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ގޭގައި ތިބެގެން މަސައްކަތްކުރާ މީހުން އެކަނި ހޭދަކުރާ ވަގުތު ވަނީ 58 އިންސައްތަ އިތުރުވެފައެވެ. އަދި މުޅި ދުވަސް އެއްވެސް އިންސާނަކާ ބައްދަލުނުވެ ނުވަތަ އެއްވެސް މުޢާމަލާތެއް ނުކޮށް ހޭދަވުމުގެ ފުރުޞަތު 72 އިންސައްތަ އިތުރުވެފައިވާކަން މި ދިރާސާއިން ފާހަގަވެއެވެ. މި ދިރާސާގެ އިސް މުސައްނިފު ނަޓާލިއާ އެމަނުއަލް ވިދާޅުވި ގޮތުގައި، ބައެއް މީހުންނަށް މުޅި ދުވަސް ހޭދަވެގެންދާއިރު ކޮފީއެއް ބޯލަން ދާއިރު ބައްދަލުވާ މީހަކަށް ހަނާ އަޅާލުމުގެ ފުރުޞަތުވެސް ނުލިބޭ މިންވަރަށް އެކަނިވެރިކަން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، މަސައްކަތުގެ ވަގުތު ނިމުމަށްފަހުވެސް، ގޭގައި ތިބެގެން މަސައްކަތްކުރާ މީހުން ރަށްޓެހިންނާ ބައްދަލުކޮށް އިޖުތިމާޢީ ކަންކަމުގައި އުޅޭ މިންވަރު، އޮފީހަށް ގޮސްގެން މަސައްކަތްކުރާ މީހުންނަށްވުރެ މަދުކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވެ، ނަފްސާނީ އެހީތެރިކަން ހޯދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ދިރާސާގައި ބައިވެރިވި އެމާ ހެރިންގްޓަން ވިދާޅުވީ، ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފައިދާތަކެއްވެސް ހުރިކަމަށެވެ. އޭގެ ތެރޭގައި ދަތުރުފަތުރަށް ހިނގާ ޚަރަދާއި ވަގުތު ސަލާމަތްވުމާއި، އާއިލާއާއެކު ހޭދަކުރާ ވަގުތު އިތުރުވުމާއި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާހައުލަށް ވަނުމަށް ފަސޭހަވުން ހިމެނެއެވެ. މިފަދަ ފަސޭހަތަކުގެ ސަބަބުން ބައެއް މުވައްޒަފުން އެމީހުންގެ މުސާރައިގެ 4 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރެއް އުނިކޮށްގެންވެސް ގޭގައި މަސައްކަތް ކުރަން ބޭނުންވެއެވެ.
ނަމަވެސް، ގިނަ ކުންފުނިތަކަކުން މިހާރު ދަނީ މުވައްޒަފުން އޮފީހަށް ނެރުމަށް ބާރުއަޅަމުންނެވެ. އެ ކުންފުނިތަކުން ދެކޭގޮތުގައި އޮފީހަށް ގޮސްގެން މަސައްކަތް ކުރުމުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އުފެއްދުންތެރިކަން އިތުރުވެ، އަދި މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ދެމެދުގައި ސާފު އިމެއް ކަނޑައެޅިގެންދެއެވެ. މި ބަދަލުތަކާއެކު ބައެއް ކުންފުނިތަކުން ވަނީ ހަފުތާއަކު 4 ދުވަހު މަސައްކަތްކުރާ ގޮތަށްވެސް ބަދަލުކުރަން ފަށާފައެވެ.
މި ދިރާސާގެ ހޯދުންތަކުން އެނގިގެންދަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަކީ ހަމައެކަނި ފަސޭހައެއް ނޫން ކަމަށާއި، އޭގެ ފަހަތުގައި ސިއްހީ އަދި އިޖުތިމާޢީ ބޮޑެތި ނުރައްކާތަކެއް އެކުލެވިގެންވާ ކަމެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު