އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވޯޓު ލައްވައިފިއެވެ.
ވޯޓު ލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބުގެ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަ ކަމަށާއި. މޫސުން ގޯސް ނަމަވެސް އިންތިޚާބަށް ރަނގަޅު ތަރުޙީބެއް އޮތް ކަމަށެވެ. އަދި އެމްޑީޕީގެ ޙަރަކާތްތައް ރާއްޖޭގައި ވަރުގަދަވެފައިވާއިރު، ޑރ. މުއިއްޒުގެ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާއި އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި އަލްއުސްތާޛު ހަސަން ލަތީފް އާއި އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ހިމެނި ވަޑައިގަންނަވައެވެ.

ޗެއަރޕާސަން އިންތިހަާބުގެ ވޯޓު ރައީސް ނަޝީދު ލައްވައިފި. #BoduBadhalu #VoteAnni #AnniForChair 💛🌼 pic.twitter.com/G5wm2unSDD
— Hussain Shafiu (@charly_thuthu) June 12, 2026
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާއި އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި އަލްއުސްތާޛު ހަސަން ލަތީފް އާއި އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ހިމެނި ވަޑައިގަންނަވައެވެ.

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު