މިނިވަންކަން ލިބުނުތާ ތިން ދަހަރު ބަޔަށްވުރެ ގިނަ ދުވަސްވީއިރު، ހިތްދަތި ހަތް ކޮލިފައިން ކެމްޕޭނަކަށްފަހު، އުޒްބެކިސްތާނުން އެންމެ ފަހުން "އުުންމީދީ މަންޒިލަށް" ވާސިލުވެއްޖެއެވެ.
1979 ވަނަ އަހަރު އުޒްބެކިސްތާނުގެ އެންމެ ވަރުގަދަ ކްލަބު ކަމަށްވާ ޕަކްތަކޯރުގެ މުޅި ޓީމު ނެތިދިޔަ ވައިގެ ހާދިސާއިން ފެށިގެން، ވޯލްޑްކަޕް ކޮލިފައިންގެ ފަހު މަރުހަލާތަކުގައި ކުރިމަތިވި ހިތްދަތި ނާކާމިޔާބީތަކާ ހަމައަށް، އުޒްބެކިސްތާނުގެ ފުޓްބޯޅަ ތާރީޚު ލިޔެވިފައިވަނީ ހިތާމައާއި މާޔޫސްކަމުގެ ތެރެއިންނެވެ.
ނަމަވެސް، އޭޝިއާގެ ކޮލިފައިންގެ ދެވަނަ އަދި ތިންވަނަ ބުރުގައި "ވައިޓް ވުލްވްސް" ދެއްކި ސާބިތުކަމާއެކު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށް، މިހާރު ވަނީ އައު ސަފުހާއެއް ލިޔެފައެވެ.
2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗު، ރެފްރީގެ ގޯސް ނިންމުމެއްގެ ސަބަބުން އަލުން ކުޅެން ޖެހި، އަވޭ ގޯލުން ބަލިވުމަކީ އެގައުމަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ. އޭގެ އަށް އަހަރު ފަހުން ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކަންތައްވީ އެފަދަ ގޮތަކަށެވެ. އެ މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި، އުޒްބެކިސްތާނުގެ ދިިފާއީ ކުޅުންތެރިޔާ އަންޒޫރު އިސްމާއީލޯވް ޖެހި 10 ވަނަ ޕެނަލްޓީ ނާކާމިޔާބުވުމުން، އެ ފަހަރުވެސް އުއްމީދުތައް ފެނަށްވީއެވެ.
ނަމަވެސް، 12 އަހަރު ފަހުން، ކުރީގެ ހިތްދަތި ތަޖުރިބާތައް ކުރެވުނުއިރު ތުއްތު ކުދިންގެ ގޮތުގައި ތިބި ކުޅުންތެރިން ހިމެނޭ ޓީމަކުން މިވަނީ އުޒްބެކިސްތާން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިކޮށްދީފައެވެ. އަބޫދާބީގައި ޔޫއޭއީއާ ދެކޮޅަށް ކުޅެ، އެއްވެސް ލަނޑެއް ނުޖެހި އެއްވަރުވި މެޗަކީ އުޒްބެކިސްތާނުގެ ފުޓްބޯޅަ ތާރީޚު ބަދަލުކޮށްލި މެޗެވެ. ސާވަރް ޖެޕަރޯވް، އޮދިލް އަހުމަދޯވް އަދި އިގްނާތީ ނެސްޓަރޯވް ފަދަ ލެޖެންޑުންނަށް ނުކުރެވުނު ކަންތައް، މިހާރުގެ ޒުވާން ޖީލުން މިވަނީ ހާސިލުކޮށްފައެވެ.
އުޒްބެކިސްތާނުގެ މި ކާމިޔާބީގައި އިސްކޮށް ހުރި ތިމޫރު ކަޕަދްޒޭ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެސިސްޓަންޓް ކޯޗެއްގެ މަގާމަށް ބަދަލުކޮށް، އުޒްބެކިސްތާން ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ވޯލްޑް ކަޕްގައި ޓީމަށް އިރުޝާދު ދިނުމަށް އިޓަލީގެ ފަބިއޯ ކަނަވާރޯއާ ހަވާލުކޮށްފައެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން ކަނަވާރޯގެ ތަޖުރިބާއަކީ މި މުބާރާތުގައި އުޒްބެކިސްތާނަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ އެސޯސިއޭޝަނުން ގަބޫލުކުރެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުޒްބެކިސްތާން ކުޅޭ މެޗުތައް:
17 ޖޫން: އުޒްބެކިސްތާން - ކޮލަމްބިއާ (މެކްސިކޯ ސިޓީ ސްޓޭޑިއަމް)
23 ޖޫން: ޕޯޗުގަލް - އުޒްބެކިސްތާން (ހިއުސްޓަން ސްޓޭޑިއަމް)
27 ޖޫން: ކޮންގޯ ޑީއާރު - އުޒްބެކިސްތާން (އެޓްލާންޓާ ސްޓޭޑިއަމް)
ކަނަވާރޯ ހޮވާފައިވާ 26 ކުޅުންތެރިންގެ ސްކޮޑުގައި އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ސިޓީގެ ދިފާއީ ކުޅުންތެރިޔާ އަބްދުގާދިރު ހުސާނޯވް އާއި، ތުރުކީގައި ކުޅެމުންދާ އައްބޮސްބެކް ފައިޒުލޭވް އަދި އެލްޑޯރް ޝޮމުރޯޑޯވްއެވެ.
އުޒްބެކިސްތާނުން ކޮލިފައިންގައި ދެއްކި ކުޅުމަށް ބަލާއިރު، އީރާނާ ދެކޮޅަށް ކުޅުނު ދެ މެޗު އެއްވަރުކޮށް، ގިނަ މެޗުތަކެއް ކާމިޔާބުކުރިއެވެ. މީގެ ތެރެއިންވެސް 22 އަހަރުގެ އައްބޮސްބެކް ފައިޒުލޭވްގެ ދައުރު ވަރަށް ބޮޑެވެ. އޭނާ ވަނީ ގަތަރާއި، އުތުރު ކޮރެއާ އަދި އީރާނާ ދެކޮޅަށް ކުޅުނު މެޗުތަކުގައި މުހިންމު ލަނޑުތަކެއް ޖަހައިދީފައެވެ.
އެންމެ ފަހުން، 5 ޖޫން 2025 ގައި ޔޫއޭއީއާ އެއްވަރުވި މެޗާއެކު، އުޒްބެކިސްތާނުން ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އެ ގައުމުގެ ނަން ރަން އަކުރުން ފަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު