އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ނާނީގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ދަ ޕެރަޑައިސް" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވުނު ތާރީޚު އަނެއްކާވެސް ފަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސްރީކާންތު އޮޑޭލާ ޑައިރެކްޓްކުރާ މި ފިލްމަކީ މުޅި އިންޑިއާއަށް އަމާޒުކޮށްގެން އުފައްދާ (ޕޭން-އިންޑިއާ) ބޮޑު މަޝްރޫޢެކެވެ. އެންމެ ފުރަތަމަ މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި އޮތީ 26 މާރޗްގައެވެ. ނަމަވެސް، ފަހުން އެ ތާރީޚު ބަދަލުކޮށް 21 އޯގަސްޓް ގައި ނަމަވެސް، ފަހުން އެ ތާރީޚު ބަދަލުކޮށް 21 އޯގަސްޓް 2026 ގައި ފިލްމު އަޅުވާނެ ކަމަށް ރަސްމީކޮށް އިޢުލާން ކުރިއެވެ. އެހެންނަމަވެސް، އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ފިލްމުގެ މަސައްކަތްތައް މުޅިން ނުނިމޭތީ، މިހާރު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކުރުމަށް ނިންމާފައެވެ.

"123 ތެލުގޫ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފިލްމު ފަސްކުރަން ޖެހުނީ ޕޯސްޓް-ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި މި ވާހަކަ ބާރަށް ދެކެވުނު ނަމަވެސް، ފިލްމު އުފައްދާ ޓީމުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ. މީގެ ކުރިން އެސް.އެލް.ވީ

ސިނަމާސްގެ އިންސްޓަގްރާމް މެދުވެރިކޮށް އޯގަސްޓް 21 އަކީ ފިލްމު ރިލީޒްކުރާ ތާރީޚު ކަމަށް ކަށަވަރުކޮށްދީފައި އޮތުމުން، މި އައި ކުއްލި ބަދަލާއެކު ނާނީގެ ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

މީގެ އިތުރުން، ނާނީގެ ކުރިއަށް އޮތް އެހެން މަޝްރޫޢެއް ކަމަށްވާ "ބްލަޑީ ރޯމިއޯ" ގެ މަސައްކަތްތައް ފެށުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ސުޖީތު ޑައިރެކްޓްކުރާ މި އެކްޝަން ޑްރާމާގެ ޓީޒާ މިހާރު ވަނީ އާންމުކޮށްފައެވެ. "ދަ ޕެރަޑައިސް" ގެ މަސައްކަތް ނިމުމާއެކު ނާނީ މި ފިލްމުގެ ޝޫޓިން ފަށާނެއެވެ.

ޚަބަރުތައް ބުނާގޮތުގައި "ބްލަޑީ ރޯމިއޯ" ގެ އޯ.ޓީ.ޓީ ރައިޓްސް މިހާރު ވަނީ ބޮޑު އަގަކަށް ނެޓްފްލިކްސްއަށް ވިއްކާލާފައެވެ. މި ފިލްމު ނެރުމަށް ހަަމޖެހިފައިވަނީ މިއަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށެވެ.

ނާނީގެ "ދަ ޕެރަޑައިސް" އަށް އިންތިޒާރުކުރަމުންދާ ފަރާތްތަކަށް މިވަގުތު އޮތީ ރަސްމީކޮށް ތާރީޚެއް ކަށަވަރުވަންދެން މަޑުކުރުމެވެ. ސެޕްޓެމްބަރު މަހު ފިލްމު ރިލީޒްކުރާނެ ކަމުގެ އުންމީދު ބޮޑުއިރު، މިއީ މި ފިލްމަށް އައި ތިންވަނަ ބަދަލެވެ.



ކިޔުންތެރިންގެ ހިޔާލު