އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު
އެއްދުވަހު ވަގުންނަށް ވެފައި އަނެއް ދުވަހު ޣާޒީންކަމަށް ބުނާ މީހުންނާއެކު ދެން ކުރިއަށް ނުދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މީކާއީލްގެ ކެމްޕޭނަށް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމަށްފަހު މީސްމީޑިއާގައި ޙިއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެގޮތުން ކުޅުދުއްފުށިން 'އިތުބާރު' ކެމްޕޭން ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައިވާކަން ފާހަގަ ކުރަށްވަމުން މޫސަ ވިދާޅުވީ، މި އިންތިޚާބު ބޮޑުކޮށް ކާމިޔާބު ކުރަށްވާނީ މީކާއީލް ކަމަށެވެ.

ހަމައެއާއެކު، އެމްޑީޕީގައި ބަތް ކައްކާ ކުޅުނު ކަމަށް ކުޅުދުއްފުށީ ރައްޔިތުން ބުނާކަމަށާއި، ނަމަވެސް މިހާރު މި މަސައްކަތް ކުރަނީ ޒުވާން ޖީލެއްގެ އަތްމައްޗަށް ޕާޓީގެ މުސްތަޤްބަލް ބަދަލު ކުރުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.

"ކުލަޔާ ދިދަޔާ ހަވާއެރުވުމަށްވުރެ ބޮޑަށް ސީރިއަސްކޮށް މި ކެމްޕޭން މިގެންދަނީ." މޫސަ ވިދާޅުވިއެވެ.

އޭގެއިތުރުން މޫސަ ވަނީ، އެއްދުވަހު ވަގުންނަށް ވެފައި އަނެއް ދުވަހު ޣާޒީންކަމަށް ބުނާ މީހުންނާއެކު ދެން ކުރިއަށް ނުދާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޕާޓީގެ ހަރު އެންމެން ތިބީ މީކާއީލްގެ ފަހަތުގައި ކަމަށާއި، ހީވެސް ނުކުރާފަދަ ނަތީޖާއަކުން މީކާއީލް މިއިންތިޚާބު ކާމިޔާބު ކުރަށްވާނެ ކަމަށްވެސް މޫސަ ވިދާޅުވެފައިވެއެވެ.

"އެއްދުވަހު ވަގުންކަމަށް ލޭބަލް ކޮށްފައި އަނެއް ދުވަހު ޣާޒީން ކަމަށް ބުނާނެ މީހުންނާ އެކީގައެއް ދެނެއް އަޅުގަނޑުމެނެއް ކުރިއަކަށް ނުދާނަން." މޫސަ ވިދާޅުވެފައިވެއެވެ.



މޫސަ މިހެން ވިދާޅުވެފައިވާއިރު، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭން ވަރަށް ފޯރިއާއެކު ދަނީ ކުރިއަށެވެ.

މީކާއީލްގެ ޓީމް ކުޅުދުއްފުށި ސިޓީގައި ޙަރަކާތްތެރިވަމުން ދާއިރު، ރައީސް ނަޝީދުގެ ޓީމް މިވަގުތު ޙަރަކާތްތެރިވަނީ ނޫނު އަތޮޅުގައެވެ.



ކިޔުންތެރިންގެ ހިޔާލު