އުންމީދާއި ސާބިތުކަމާއެކު ނުވަ ފަހަރެއްގެ މަތިން ކުރި މަސައްކަތަށްފަހު، އުރުދުން އިން އެންމެ ފަހުން ތާރީޚީ ކާމިޔާބީއެއް ހޯދައި، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ހިތްދަތި ވަގުތުތަކަކަށްފަހު އެ ގައުމުން ހޯދި ފަޚުރުވެރި ކާމިޔާބީއެކެވެ.
މި މުބާރާތާ އުރުދުން ކުރިމަތިލަނީ އެ ގައުމުގެ ތާރީޚުގައި އުފެދުނު އެންމެ ހުނަރުވެރި ޖީލާއެކުގައެވެ. އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށް ހޯދި ތާރީޚީ ކާމިޔާބީއަށްފަހު، މިހާރު އެ ޓީމުން ތައްޔާރުވަމުންދަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އެ ގައުމުގެ ނަން ރަން އަކުރުން ފަވާލުމަށެވެ.
އޭޝިއަން ކަޕާއި ވޯލްޑް ކަޕް ކޮލިފައިންގައި ހޯދި ކާމިޔާބީތަކަށްފަހު، ކުރީގެ ކޯޗު ހުސައިން އަމޫތާ މަގާމުން ވަކިވުމުން، އެ ޓީމުގެ ރޫހު ދަމަހައްޓާނެ ކޯޗަކު ހޯދުމުގެ ޒިންމާ އުރުދުންގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކުރިމަތިވިއެވެ. އެގޮތުން، އެ ޓީމުގެ ފެންވަރު ދަށްވެދާނެކަމުގެ ބިރު އޮތް ނަމަވެސް، އަމޫތާއާ އެއް ގައުމެއްގެ ކޯޗެއް ކަމަށްވާ ޖަމާލް ސަލާމީއާ ޓީމު ހަވާލުކޮށް، ކުރީގެ ކާމިޔާބީގެ ބިންގަލުގެ މަތީގައި ވަރުގަދަ ޓީމެއް ބިނާކުރިއެވެ.
އުމުރުން 55 އަހަރުގެ ސަލާމީއަކީ އޭނާގެ ކުޅުންތެރިކަމުގެ ދުވަސްވަރު ފާހަގަކޮށްލެވުނު މޮޅު މިޑްފީލްޑަރެކެވެ. ރާޖާ ކަސަބްލާންކާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން، ތުރުކީގެ ބެސިކްޓާސްގައި ވެސް އޭނާ ވަނީ ކާމިޔާބު ތިން އަހަރު ހޭދަކޮށްފައެވެ. އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަޣުރިބު ތަމްސީލުކުރުމުގެ ޝަރަފުވެސް އޭނާ ވަނީ ހޯދާފައެވެ.
ކޯޗިންގ ދާއިރާއަށް ނުކުމެ، ސަލާމީ ވަނީ މަޣުރިބުގެ އެކި ކްލަބުތަކަށް ކާމިޔާބީ ހޯދައިދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާޖާ ކަސަބްލާންކާއިން ލީގު ޗެމްޕިއަންކަން ހޯދިއިރު، މަޣުރިބުގެ ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިނުމުގައިވެސް އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.
ޖޫން 2024 ގައި އުރުދުންގެ "ނަޝާމާ" ޓީމާ ހަވާލުވި ފަހުން، ސަލާމީ ވަނީ ޓީމުގެ ދިފާއީ ބާރު ވަރުގަދަކޮށް، ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ބޭނުންކޮށްގެން ހަލުވި ކުޅުމެއް ތައާރަފުކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. އެއީ ދެކުނު ކޮރެއާ އަދި އިރާގާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުރުދުން ކުޅޭ މެޗުތައް:
16 ޖޫން: އޮސްޓްރިއާ - އުރުދުން (ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް)
22 ޖޫން: އުރުދުން - އަލްޖީރިއާ (ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް)
27 ޖޫން: އުރުދުން - އާޖެންޓީނާ (ޑަލަސް ސްޓޭޑިއަމް)
ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ހުނަރުވެރި ފޯވާޑް މޫސާ އަލް ތަމާރީއެވެ. އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ޔަޒަން އަލް ނައިމަތު ޓީމުގައި ނުހިމެނުނު ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ކެޕްޓަން އިހްސާން ހައްދާދު ވަނީ ޓީމާ ގުޅިފައެވެ.
އުރުދުންގެ ކޮލިފައިން ދަތުރު ފެށުނީ އުނދަގޫ ގޮތަކަށެވެ. ނަމަވެސް، ޓީމުން ހިތްވަރު ދޫނުކޮށް ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބުކުރިއެވެ. މީގެ ތެރޭގައި ޕާކިސްތާން އަތުން 7-0 އިން ހޯދި ބޮޑު މޮޅު ހިމެނެއެވެ. ސަލާމީގެ އިރުޝާދުގެ ދަށުން، ތިންވަނަ ބުރުގައި މޫސާ އަލް ތަމާރީ، ޔަޒަން އަލް ނައިމަތު އަދި އަލީ އަލްވާންގެ މޮޅު ކުޅުމާއެކު، އުރުދުންއިން ވަނީ އޮމާން އަތުން މޮޅުވެ، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފައެވެ.
މީގެ ކުރިން އުރުދުންއަށް އެންމެ ގާތަށް ދެވުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެފަހަރު އުޒްބެކިސްތާން ބަލިކޮށް، އިންޓަކޮންޓިނެންޓަލް ޕްލޭ-އޮފްގައި އުރުގުއާއީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް، ލުއިސް ސުއަރޭޒް އަދި އެޑިންސަން ކަވާނީ ފަދަ ތަރިން ހިމެނުނު އުރުގުއާއީ އަތުން ބަލިވެ، އެ ފަހަރު ވޯލްޑް ކަޕްގެ ހުވަފެން ހަގީގަތަކަށް ނުވިއެވެ.
އުރުދުންގެ ފުޓްބޯޅަ ތާރީޚުގައި ހަސަން އަބްދުލް ފައްތާހަކީ ފާހަގަކޮށްލެވޭ ނަމެކެވެ. އޭނާއަކީ ވޯލްޑް ކަޕް ކޮލިފައިންގައި އުރުދުންއަށް އެންމެ ގިނަ ލަނޑު (16 ލަނޑު) ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާގެ މި ރެކޯޑަކީ އުރުދުންގެ ފުޓްބޯޅަ ތާރީޚުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ފަޚުރުވެރި ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު