ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ އާޖެންޓީނާއިން މި މުބާރާތުގައި ވާދަކުރާ 19 ވަނަ ފަހަރެވެ. މި މުބާރާތުގައި އެ ގައުމުގެ އަމާޒަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ދުނިޔޭގެ ތަށި ކާމިޔާބުކުރުމެވެ.
ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އާޖެންޓީނާ ޓީމު މި މުބާރާތަށް ނުކުންނަނީ ދުނިޔޭގެ ޗެމްޕިއަނުންގެ އިތުރުން ބައްރުގެ ޗެމްޕިއަނުންގެ ޝަރަފާ އެކުގައެވެ. އެއީ 2024 ވަނަ އަހަރުގެ ކޮޮޕާ އެމެރިކާ ކާމިޔާބުކޮށް، ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތަށް ކޮލިފައިވުމުން ލިބުނު ބޮޑު އިތުބާރަކާ އެކުގައެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ނުކުންނަ އާޖެންޓީނާއިން މަސައްކަތް ކުރާނީ، 1958 އަދި 1962 ވަނަ އަހަރު ބްރެޒިލުން ޖެހިޖެހިގެން ދެ ފަހަރު ތަށި ހޯދި ފަހުން، އެ ޝަރަފު ހޯދާ ފުރަތަމަ ގައުމަށް ވުމަށެވެ.
2018 ވަނަ އަހަރުގެ އޯގަސްޓް މަހު ސްކަލޯނީ ޓީމާ ހަވާލުވީ، ހޯޖޭ ސަމްޕައޯލީގެ ދަށުން އާޖެންޓީނާއަށް ދިމާވި ނާކާމިޔާބީތަކަށް ފަހު ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އޭރު އާޖެންޓީނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 އިން ފްރާންސް އަތުން ބަލިވެ ކަޓާފައެވެ. ނަމަވެސް، ކުރިން ކަނާތްފަރާތު ޑިފެންޑަރަކަށް އަދި މިޑްފީލްޑަރަކަށް ކުޅުނު ސްކަލޯނީ، ޓީމުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅިއެވެ.
ސްކަލޯނީގެ ފުރަތަމަ ފިޔަވަޅަކީ ޓީމަށް އާ ކުޅުންތެރިން އިތުރުކޮށް، ޖިއޮވާނީ ލޯ ސެލްސޯ، ރޮޑްރީގޯ ޑި ޕޯލް އަދި ލައުޓާރޯ މާޓިނޭޒް ފަދަ ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ. އެއަށްފަހު އޭނާ ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ، އިދިކޮޅު ޓީމަށް ބާރުބޮޑުކުރާ ކުޅުމުގެ ވައްޓަފާޅިއެއް ޓީމުގައި އަށަގަންނުވާފައެވެ. އެންމެ މުހިންމު ކަމަކަށް އޭނާ ކުރި ކަމަކީ ކުޅުންތެރިންގެ ކިބައިގައި މޮޅުވުމުގެ ރޫހު އާލާކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ގާތްގަނޑަކަށް ތިން ދަހަރަށް ދެމިގެންދިޔަ ތަށި ނުލިބުމުގެ ހިތާމަ ނިމުމަކަށް ގެނައެވެ. އެ ކާމިޔާބީއަށް ފަހު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި ޖެހިޖެހިގެން ދެވަނަ ފަހަރަށް ބައްރުގެ ތަށި އޭނާ ވަނީ އާޖެންޓީނާއަށް ހޯދައިދީފައެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ މެޗުތައް:
16 ޖޫން: އާޖެންޓީނާ އާއި އަލްޖީރިއާ - ކެންސަސް ސިޓީ ސްޓޭޑިއަމް
22 ޖޫން: އާޖެންޓީނާ އާއި އޮސްޓްރިއާ - ޑާލަސް ސްޓޭޑިއަމް
27 ޖޫން: އުރުދުން އާއި އާޖެންޓީނާ - ޑާލަސް ސްޓޭޑިއަމް
މެސީގެ އިތުރުން، ތަށި ދިފާއުކުރުމަށް ނުކުންނަ އާޖެންޓީނާގެ ސްކޮޑުގައި މާ ބޮޑު ސިހުމެއް ނެތެވެ. ކޯޗު ސްކަލޯނީ ވަނީ 2022 ވަނަ އަހަރުގެ ސްކޮޑުގައި ނުހިމެނޭ ބައެއް އާ ކުޅުންތެރިންނަށް އިތުބާރުކޮށް ސްކޮޑުގައި ހިމަނާފައެވެ. އޭގެ ތެރޭގައި ވެލެންޓިން ބާކޯ، ހޯސޭ މެނުއަލް ލޯޕޭޒް އަދި ނިކޯ ޕާޒް ހިމެނެއެވެ. ނަމަވެސް، ރެއާލް މެޑްރިޑްގެ ޒުވާން ކުޅުންތެރިޔާ ފްރޭންކޯ މަސްޓަންޓޫނޯއަށް ސްކޮޑުން ފުރުސަތެއް ނުލިބެއެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގައި ބޮލީވިއާ އަދި އުރުގުއާއީ ބައްދަލުކުރި މެޗު އެއްވަރުވުމާ އެކު، އާޖެންޓީނާއަށް ވަނީ ފަސް މެޗު ބާކީ އޮއްވައި މުބާރާތުގެ ޖާގަ ކަށަވަރުވެފައެވެ. މިއީ ބްރެޒިލާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ ކުރިން ލިބުނު ކާމިޔާބީއެކެވެ. އެ މެޗުގައި ބްރެޒިލް 4-1 އިން ބަލިކޮށް، އާޖެންޓީނާ ކޮލިފައިން ނިންމާލީ ދެވަނައިގައި އޮތް އިކުއެޑޯއަށް ވުރެ ނުވަ ޕޮއިންޓް ކުރީގައި އޮވެ ތާވަލުގެ އެއްވަނައިގައެވެ.
އާޖެންޓީނާ ވަނީ މިހާތަނަށް ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ކޮންމެ ފަހަރަކީވެސް ތާރީޚީ ގޮތުންނާއި އިހުސާސްތަކުގެ ގޮތުން ހާއްސަ ފަހަރެކެވެ. ފުރަތަމަ ފަހަރަށް 1978 ވަނަ އަހަރު އަމިއްލަ ގައުމުގައި ތަށި އުފުލާލީ ކޯޗު ސީޒާ ލުއިސް މެނޮޓީގެ އިރުޝާދުގެ ދަށުން މާރިއޯ ކެމްޕޭސްގެ މޮޅު ކުޅުމާ އެކުގައެވެ. އޭގެ އަށް އަހަރު ފަހުން މެކްސިކޯގައި، ކާލޯސް ބިލާޑޯގެ ކޯޗުކަމުގެ ދަށުން، ޑިއޭގޯ މަރަޑޯނާގެ ލެޖެންޑަރީ ކުޅުމާއެކު ދެވަނަ ފަހަރަށް ތަށި ހޯދިއެވެ. އަދި 2022 ވަނަ އަހަރު ލިއޮނަލް މެސީ ވަނީ މަރަޑޯނާގެ ފިޔަވަޅުމަތީގައި ހިނގައި، ގައުމަށް ތިންވަނަ ތަށި ހޯދައިދީފައެވެ.
ދެކުނު އެމެރިކާގެ މި ވަރުގަދަ ބާރަކީ ވޯލްޑް ކަޕް ފެށުނީއްސުރެ ފާހަގަކޮށްލެވޭ ޓީމެކެވެ. 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައި ވާދަކުރި 13 ޓީމުގެ ތެރޭގައި އާޖެންޓީނާ ހިމެނުނުއިރު، އެ ފަހަރު އެ ގައުމު ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލުގައި އުރުގުއާއީ އަތުން 4-2 އިން ބަލިވި ނަމަވެސް، އަށް ލަނޑު ޖެހި ގިލާމޯ ސްޓެބައިލް ވެގެންދިޔައީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
ގަތަރުގައި ބޭއްވުނު 2022 ގެ ވޯލްޑް ކަޕަކީ އާޖެންޓީނާއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު މުބާރާތެކެވެ. ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ލިބުނު ހައިރާން ކުރުވަނިވި ނާކާމިޔާބީއަކީވެސް އެ ޓީމަށް ލިބުނު ފިލާވަޅަކަށް ވެގެންދިޔައެވެ. އެ ބައްޔާއެކު، ބެންޗުގައި ތިބި ޖޫލިއަން އަލްވަރޭޒް އަދި އެންޒޯ ފެނާންޑޭޒް ފަދަ ކުޅުންތެރިންނަށް ފުރުސަތު ލިބި، އެ ކުޅުންތެރިން ޓީމުގެ މުހިންމު ތަނބުތަކަކަށް ވެގެންދިޔައެވެ.
މުބާރާތުގެ ނޮކްއައުޓް ބުރުގައި އޮސްޓްރޭލިއާ 2-1 އިން ބަލިކުރުމަށްފަހު، ކުއާޓާ ފައިނަލުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ ފައިނަލުގައި ކްރޮއޭޝިއާ 3-0 އިން ބަލިކުރި ނަމަވެސް، ފައިނަލް މެޗަކީ ފުޓްބޯޅަ ތާރީޚު ދުށް އެންމެ ފޯރިގަދަ އެއް މެޗެވެ. ފްރާންސްއާ ދެކޮޅަށް ކުޅުނު މި މެޗު، އިތުރު ވަގުތަށް ފަހުވެސް އެއްވަރުވުމުން އާޖެންޓީނާ ތަށި އުފުލާލީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
އާޖެންޓީނާގެ ތަރި މެސީ ވަނީ މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި (2006 އިން 2022 އަށް) ވާދަކޮށްފައެވެ. އޭނާއަށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ލިބިފައި ނުވި ނަމަވެސް، އޭނާއަކީ 13 ލަނޑާ އެކު އާޖެންޓީނާއަށް ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އަދި 26 މެޗާ އެކު، މިއީ މުޅި ދުނިޔޭގައިވެސް ވޯލްޑް ކަޕެއްގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއްވެއެވެ. 1978 ވަނަ އަހަރު އަމިއްލަ ގައުމުގައި ހޯދި ކާމިޔާބީއަކީ މިއަދާ ހަމައަށްވެސް އާޖެންޓީނާގެ ކުޅުމުގެ ވައްޓަފާޅީގެ ބިންގާ ކަމުގައި ބެލެވެއެވެ. ފައިނަލުގައި އިތުރު ވަގުތު ކުޅެގެން ނެދަލޭންޑްސްގެ މައްޗަށް 3-1 އިން ހޯދި މޮޅަކީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީޚުގައި ބޮޑު ކާމިޔާބީއެކެވެ.
އަދި 1986 ވަނަ އަހަރުގެ މުބާރާތަކީ މަރަޑޯނާގެ ފާހަގަކޮށްލެވޭ ހުނަރުވެރިކަން މުޅި ދުނިޔެއަށް ދައްކާލި އަހަރެވެ. ވަކިން ހާއްސަކޮށް، ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އަދި ސެމީ ފައިނަލުގައި ބެލްޖިއަމް ކޮޅަށް އޭނާ ޖެހި ލަނޑުތަކަކީ މިއަދުވެސް ފުޓްބޯޅަ ދުނިޔޭގައި ހަރުފަތްތަކެއްގެ ގޮތުގައި ގުނާލެވޭ ލަނޑުތަކެކެވެ. އޭގެ ހަތަރު އަހަރު ފަހުން 1990 ގައިވެސް އާޖެންޓީނާ ފައިނަލަށް ދަތުރުކުރި ނަމަވެސް، ޖަރުމަނު އަތުން ބަލިވުމުން ތަށި ދިފާއުކުރެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް، އެނބުރި ގައުމަށް ދިޔުމުން އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މެސީއަށްވެސް ވަނީ މިފަދަ އުފާވެރިކަމާއި ހިތާމަވެރި އިހުސާސްތަކެއް ކުރެވިފައެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ޖަރުމަނު އަތުން ބަލިވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ނަމަވެސް، ގަތަރުގައި ބޭއްވި 2022 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ވަނީ އެ ހިތާމަތައް ފޮހެލައި، އާދަޔާ ހިލާފު ކުޅުމަކާ އެކު ތަށި އުފުލާލައި، އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ.
އާޖެންޓީނާއިން ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި ދެ ފަހަރަކު ހަ ލަނޑުގެ ތަފާތުން މޮޅުވެފައެވެ. އެއީ 1978 ވަނަ އަހަރު ޕެރޫ އަތުން 6-0 އިން މޮޅުވި މެޗާއި، 2006 ވަނަ އަހަރު ސާބިއާ އެންޑް މޮންޓެނީގްރޯ އަތުން 6-0 އިން މޮޅުވި މެޗެވެ.
މި ދެ މެޗަކީވެސް ތަފާތު ސަބަބުތަކަށްޓަކައި ހާއްސަ ދެ މެޗެވެ. 1978 ގެ މޮޅާއެކު އާޖެންޓީނާއަށް ފައިނަލުގެ ޖާގަ ލިބުނީ ބްރެޒިލަށް ވުރެ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އަދި 2006 ވަނަ އަހަރު ސާބިއާއާ ދެކޮޅަށް ކުޅުނު މެޗަކީ މެސީ ވޯލްޑް ކަޕުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހި މެޗެވެ. މީގެ އިތުރުން، އެ މެޗުގައި އެސްޓެބަން ކެމްބިއާސޯ ޖެހި ލަނޑަކީ 25 ފާހަށް ފަހު ޖެހި ލަނޑަކަށް ވުމުން، އެއީ ވޯލްޑް ކަޕް ތާރީޚުގައި ފެނިގެންދިޔަ އެންމެ މޮޅު "ޓީމް ގޯލް" ގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު