ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލްގެ މަޤާމަށް، އޭރުގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައި ހުންނެވި އަޙްމަދު ޝިފާން އައްޔަން ކުރެއްވީ 18 ފެބްރުއަރީ 2024 ގައެވެ. އޭގެ ހަތަރު މަސް ފަހުން، 7 ޖޫން 2024 ގައި އޭނާ ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓް ކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ އިދާރާއިން ވަރަށް އަވަހަށް އާ ތަރުޖަމާނުގެ މަޤާމަށް އައްޔަނުކުރާ ފަރާތެއް ރަސްމީކޮށް އިޢުލާން ކުރާނެއެވެ.
ޝިފާން ތަރުޖަމާނުކަމުން މި ވަކިކުރީ، އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހަޅާފައި ވަނިކޮށެވެ.
އަޙްމަދު ޝިފާނަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ފުލުހުންގެ ތަރުޖަމާނުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު