މި މައްސަލާގައި ހައްޔަރުކުރި މީހުން
މި މައްސަލާގައި ހައްޔަރުކުރި މީހުން
ތ. ވިލުފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.

ފުލުހުންބުނީ، ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ ދ. ހުޅުދެލި، ބުލޫބެލް، ހަސަން ވަޙީދު (28އ) އާއި، ތ. ވިލުފުށި، ޗަމްޕާޕޫލްގެ، މުސާ ފާތިކު (31އ) ގެ އިތުރުން ތ. ތިމަރަފުށި، ހިރި، އާސް އިބްރާހީމް (34އ) ކަމަށެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. އެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 41.62 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ވަޙީދު އާއި މުސާ ފާތިކު 10 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާއިރު، ޢާޞް އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ވިލުފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު