ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި މުޖުތަމައުގެ ހަމަ ކޮންމެ ފަރުދެއްގެވެސް މުހިންމު ދައުރެއް އޮތްކަމަށާއި، އެކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ. ސިއްޙީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ފުޑް ސައިންޓިސްޓެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވާ މެޑަމް ސާޖިދާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ނިޒާމަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި ރައްކާތެރި ކާނާ ބޭނުންކުރުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އަސާސީ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއް ނޫން ކަމަށާއި، މިއީ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، ސިއްޙީ ޚިދުމަތްތެރިންގެ އިތުރުން ކާބޯތަކެތި ބޭނުންކުރާ އާންމު ރައްޔިތުންވެސް މިކަމަށް ސަމާލުކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ކާބޯތަކެތި ތައްޔާރުކުރުމާއި، ރައްކާކުރުމުގައި ރައްކާތެރި މިންގަނޑުތަކަށް ތަބާވުމަކީ ތަޣައްޔަރުވެފައިވާ ކާނާގެ ސަބަބުން ކުރިމަތިވާ ސިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލުކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އާންމު ސިއްޙަތު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ މުސްތަޤްބަލެއް ބިނާކޮށްދެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަމަށް ވިދާޅުވަމުން، އެކަމަނާ ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު