އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނާ ގުޅިގެން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ޗެއާޕާސަން މަގާމަށް ވާދަކުރައްވާ މީކާއިލް ނަސީމް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ މީކާއިލްގެ ކެމްޕޭނަށް ހާއްސަކޮށްގެން ކުރައްވާ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޞާލިހާއި މީކާއިލް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 ހާއިރުއެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަކީ މިހާތަނަށް އެ ޕާޓީގެ ތާރީޚުގައި ބާއްވާ އެންމެ ފޯރިގަދަ އިންތިޚާބުތަކުގެ ތެރެއިން އެއް އިންތިޚާބަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
މި އިންތިޚާބުގެ ފޯރި އިތުރަށް ގަދަވެގެން ގޮސްފައިވަނީ، ރައީސް މުހައްމަދު ނަޝީދުވެސް މި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު