ރާމް ޗަރަން އާއި ޖާންވީ ކަޕޫރު މައިގަނޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ޕެޑީ" ސިނަމާތަކަށް އައުމާއެކު، އެ ފިލްމުގައި ޖާންވީގެ ކެރެކްޓަރު ދައްކުވައިދީފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
މި ފިލްމުގައި 'އަޗީ އައްމާ' ގެ ރޯލު ކުޅޭ ޖާންވީ، ފިލްމުގެ ގިނަ މަންޒަރުތަކެއްގައި އޮބްޖެކްޓިފައި ކޮށްފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑުގެ ތައް ނޭދެވޭ ގޮތަކަށް ދައްކުވައިދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން ފިލްމުގެ މަންޒަރެއްގައި ރާމް ޗަރަންގެ ކެރެކްޓަރުން ޖާންވީއަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ހިމެނޭތީވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މި މައްސަލައިގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓަކުން ފެންނަ ގޮތުގައި، ޖާންވީގެ މި ރޯލަކީ ބަތަލާއަކަށް ކުރި "އެންމެ އަގުބޮޑު އިހުތިރާމް ކުޑަކުރުން" ކަމަށް ބުނެފައިވާ އިންސްޓަގްރާމް ޕޯސްޓަކަށް ޖާންވީ ވަނީ 'ލައިކް' އެއް ދީފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ޖާންވީގެ ހަށިގަނޑުގެ ވަކި ބައިތަކެއް ދެއްކުމަށް މާ ބޮޑަށް އިސްކަންދީފައެވެ. އަދި ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި ޖާންވީ މި މަންޒަރުތަކާ މެދު ސުވާލު އުފެއްދި ނަމަވެސް، ޑައިރެކްޓަރު ވަނީ އޭނާގެ އިއުތިރާޒުތަކަށް ބެލުމެއްނެތި، ބޮކްސް އޮފީހުގެ ކާމިޔާބީއަށްޓަކައި އެ މަންޒަރުތައް ފިލްމުގައި ހިމަނާފައެވެ.
ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖާންވީ އެ ޕޯސްޓަށް ލައިކް ދިން ނަމަވެސް، ފަހުން ވަނީ އެ ލައިކް ނަގާފައެވެ. މިކަމާ ގުޅިގެން ބައެއް ސަޕޯޓަރުން ފިލްމު އުފެއްދި ފަރާތްތަކަށް ފާޑުކިޔަމުންދާއިރު، އަނެއް ބަޔަކު ވަނީ ޖާންވީ ފަދަ މަގުބޫލު ބަތަލާއަކު މިފަދަ ރޯލެއް ގަބޫލުކުރި ސަބަބާ މެދު ސުވާލު އުފައްދާފައެވެ.
ނިއުސް18 އިން މި ފިލްމަށް ދީފައިވަނީ 1.5 ތަރީގެ ރޭޓިންއެކެވެ. އެ ނޫހުގެ ރިވިއުގައު ބުނެފައިވާ ގޮތުގައި، ފިލްމުގައި ޖާންވީ ތައާރަފްކުރާ މަންޒަރަކީ ވަރަށް ބޮޑު މައްސަލައެކެވެ. ރާމް ޗަރަންގެ ކެރެކްޓަރުން ޖާންވީގެ ސިފައަށް ބަލައި އިހުތިރާމް ކުޑަވާ ގޮތަށް ވާހަކަދެއްކުމާއި، ޖާންވީ ނުރުހުމުގައި ހުއްދަ ނެތި އޭނާއަށް ބޮސްދިނުމަށްފަހު، އެއީ ލޯބި ފާޅުކުރުން ކަމަށް ބުނެ ދައްކާ އުޒުރުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
މި ފިލްމާ ގުޅޭގޮތުން ފާޑުކިޔުންތެރިން ބުނަނީ ސިނަމާއަކީ ހަމައެކަނި މުނިފޫހިފިލުވުން ނޫން ކަމަށާއި، އެއީ ބޮޑު ޒިންމާއެއް އޮތް ކަމެއް ކަމަށެވެ. އަދި "ޕެޑީ" އަކީ ބަލާލަން އެހާ ރަނގަޅު ފިލްމެއް ނޫން ކަމަށްވެސް ރިވިއުތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު