އެމަނިކުފާނު ވެރިކަން ކުރެއްވީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަމަށާއި، އެއްވެސް ޕާޓީއަކަށް މަގާމުތައް ދެއްވުމުގައި އަމިއްލަފުޅު އިސްނެންގެވުމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ޓީމުގެ ފަރާތުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަކީ ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށާއި، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ކޯލިޝަން އެގްރީމެންޓެއްގެ ދަށުން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ތެރެއަށް ޢަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ރައީސް މައުމޫނުގެ ބޭފުޅުން ގެނައީ އެމަނިކުފާނު އަމިއްލަފުޅަށް ބޭނުންވެގެން ނޫން ކަމަށާއި، އެއީ ހުރިހާ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ކުރެވުނު ކަމެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އައީ ކޯލިޝަނެއް ހަދައި އެގްރީމެންޓެއްގެ ތެރެއިން. އެ އެގްރީމެންޓުގައި ސޮއިކުރެއްވި ހުރިހާ ޕާޓީއެއްގެ ވެރިން. އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވި ރައީސް ނަޝީދު. ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް (އިބްރާހީމް). ޢަދާލަތު ޕާޓީގެ ފަރާތުން ޝެއިޚް ޢިމްރާން. ރައީސް މައުމޫން، އެމްއާރްއެމްގެ ފަރާތުން. އޭގައި އޮތީ ސަރުކާރު ހިންގާނެ ގޮތް ލިޔެ ސޮއިކޮށްފަ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން އެ އެގްރީމެންޓުގައި ރައްޔިތުންގެ މަޖިލީހާއި، ލޯކަލް ކައުންސިލްތަކުގެ ގޮނޑިތައް ބަހާނެ އަދަދާއި، ސަރުކާރުގެ މަގާމުތައް ބަހާނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުން އެކުލަވައިލިއިރު، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް، އެހެން ލީޑަރުންނަށް އިތުބާރު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ސޯލިހު އޭގައި ސޮއިކުރެއްވުމަށް އެދިވަޑައިގަތް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން، ވެރިކަން ކުރައްވަމުން ގެންދެވީ އެ އެގްރީމެންޓާ އެއްގޮތަށް ކަމަށާއި، އަމިއްލަފުޅަށް އެހެން ޕާޓީއަކަށް ދެއްވި އެއްވެސް މަގާމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހަން އެގްރީމެންޓުގައި އޮއްވައި، އެމްޑީޕީގެ ޤައުމީ މަޖިލީހުން އެ މާއްދާއަށް ޢަމަލުނުކޮށް ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ފާސްކުރި ކަމަށެވެ. އޭރު އެ އެއްބަސްވުން ދިފާއުކުރަން މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، ޕާޓީގެ ނިންމުމަށް އިޙްތިރާމްކޮށް، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ފުރިހަމައަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން އެއީ އެމްޑީޕީގެ އަސްލު ވެރިކަމެއް ނޫން ކަމަށް ވިދާޅުވެ، ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ސަރުކާރުގައި އެމްޑީޕީގެ އާންމު މެންބަރުން ބާކީކޮށް، އެކަހެރިކޮށްފައިވާ ކަމަށްވެސް އެ ބޭފުޅުން ވަނީ ތުހުމަތުކުރައްވާފައެވެ.
ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ކޯލިޝަން އެގްރިމެންޓް ދަމަހައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު