ނިމިދިޔަ ސަރުކާރުން އެކަށީގެންވާ ރޭވުމެއް ނެތި ޖަލުތަކުގެ ބައެއް އިމާރާތްތައް ތަޅާލުމާއި، ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުގެ ސަބަބުން ޖަލުތަކުގެ ޖާގައިގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ކުރީ ސަރުކާރުން 100 އެއްހާ މީހުންގެ ޖާގަ ހުރި ޖަލެއް ތަޅާލުމުގެ އިތުރުން، މާލޭގެ ކަސްޓޯޑިއަލް ޖަލާ ޖެހިގެން ސްކޫލެއް އެޅުމުގެ ސަބަބުން އެތަން ބޭނުންކުރުން ހުއްޓާލަން ޖެހުނު ކަމަށެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 500 އެއްހާ މީހުންގެ ޖާގައިގެ ދަތިކަމެއް ކަރެކްޝަނަލް ސަރވިސްއަށް ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖާގައިގެ ދަތިކަން އިތުރަށް ގޯސްވި ސަބަބުތައް ތަފްސީލުކޮށްދެއްވަމުން މުންދު ވިދާޅުވީ، ކުރީ ސަރުކާރު ނިމެމުންދިޔައިރު ތަފާތު ގޮތްގޮތަށް ހުކުމް ލުއިކޮށްދީފައި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނުރައްކާތެރި ކުށްވެރިންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން ހިމެނޭއިރު، އެ މީހުން އަލުން ކުށުގެ ވެށިން ހައްޔަރުކުރަން ޖެހުމުން ޖަލުތަކަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އެއްކޮޅުން ޖަލުގެ ޖާގަ މަދުކޮށްފައި، އަނެއްކޮޅުން ކުށްވެރިން ދޫކޮށްލުމުން، އެމީހުން އަނބުރާ ޖަލަށް އަންނަންޖެހޭ ހާލަތުގައި ޖާގައިގެ މައްސަލަ އިތުރަށް ބޮޑުވެގެންދިޔައީ،" މުންދު ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މިހާރު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން މުންދު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ކުޑަ ޖާގައެއް އިތުރުކުރަން ރޭވި މަޝްރޫއުގެ ބަދަލުގައި، މި ސަރުކާރުން ވަނީ ގާތްގަނޑަކަށް 12 މިލިއަން ރުފިޔާގެ ހަރަދަކާއެކު 500 އަށްވުރެ ގިނަ މީހުންގެ ޖާގަ އިތުރުކުރެވޭނެ މަސައްކަތެއް ފަށާފައެވެ.
މުންދު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ބޮޑުބައެއް، ގާތްގަނޑަކަށް 60 އާއި 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތްތައް ޖަލުގެ ޖާގަ އިތުރުކުރުމަށް ބޭނުންކުރާނެ ކަމަށް މުންދު ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކާއެކު ޖަލުތަކުގައި ތިބޭ މީހުންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކާއި ހިދުމަތްތައް، އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު