ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން ކުރިން ނިންމުމަށް ހަމަޖެހިފައި އޮތީ ހަވީރު 16:00 އަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލާ ވަގުތު ހަވީރު 17:00 އާ ހަމައަށް އިތުރުކޮށްފައެވެ.

މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމުލަ 4،121 މީހުންނަށް ލިބިގެންވެއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމުލަ ހަތް ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ބެހެއްޓިފައިވާ ދެ ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަދު ހަވީރު 15:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމުލަ 2،055 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 1،079 އަންހެނުންނާއި 976 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 49.87 އިންސައްތައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާ ތަމްސީލު ކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް އޮތުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް