އަމިއްލަ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށް، މަޖުބޫރު ކޮށްގެން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުހައްމަދު ނަހީދުލް އިސްލާމެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ އިންސާނީ ވަގުފާރި ކުރިކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ނަހީދުލް އިސްލާމް އޭނާގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށް، ބިރުދައްކައިގެން ހަށިވިއްކަން މަޖުބޫރުކުރުވި ކަމަށް އަނބިމީހާ ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހާދިސާގެ ރިޕޯޓާއި، ފުލުހުންގެ ބަޔާންތަކުގެ އިތުރުން އަނިޔާ ލިބުނު ފަރާތުގެ ލިޔެކިޔުންތައް ހިމެނެއެވެ.
ނަމަވެސް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމުގައި ނަހީދުލް އިސްލާމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކޮށްފައެވެ. އޭނާ ބުނީ އެފަދަ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ.
މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، އޭނާ މުޖުތަމައަށް ދޫކޮށްލައިފިނަމަ އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ 10 ދުވަހަށް ބަންދު ކުރުމަށެވެ.
މި މައްސަލަ ފެންމަތި ވެފައިވާއިރު، ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު