ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށާއި، އެ ހާލަތު ބަދަލުކުރެވޭނީ މަޖިލީހުގެ ގޮނޑިތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދު ފެންނަމުންދަނީ މުޅި ގައުމަށާއި އައްޑޫއަށް ދެރަވާނެ ފަދަ ނިންމުންތަކެއް ސަރުކާރުން ނިންމަމުންދާ މަންޒަރު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަ-މެޖޯރިޓީގެ ކޮންޓްރޯލް ނުވަތަ ރިމޯޓް އޮތީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށާއި، މަޖިލީހަކީ ރައްޔިތުންގެ ބާރެއްގެ ގޮތުގައި އަލުން ހެދުމަށް އެމްޑީޕީގެ މެންބަރުން އިންތިޚާބު ކުރަންޖެހޭ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، މިހާރު މަޖިލީހުން ފެންނަނީ އެއްވެސް ދިރާސާއެއް ނުވަތަ ބަހުސެއް ކުރުމެއް ނެތް، ސަރުކާރުން ބޭނުންވާހާ ބިލެއް ގަޑިއެއްހާއިރު ތެރޭގައި ފާސްކުރަމުންދާ ތަނެވެ. މިގޮތުން ދުންފަތުގެ ޑިއުޓީއަށް ގެނައި ކުއްލި ބަދަލުތަކަށް އިޝާރާތް ކުރައްވައި، ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތަށް ކަމަށް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.
"މިހާރު މި ފެންނަނީ ހަމައެއް ލަމައެއް ނެތް ގޮތަށް ކަންކަން ކުރަމުންދާ ތަން. އިސްލާހު ކުރަންޖެހޭ އެއްވެސް ކަމެއް ސަރުކާރަށް ފެންނަނީއެއް ނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުމަކީ މަޖިލީހުގެ މިނިވަންކަން ކެނޑި، ރައްޔިތުންގެ އަޑު އިވުމެއްނެތި ކަންކަން ނިމިގެންދާނެ ކަމެއް ކަމަށެވެ. ސޯލިހު ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ބިލުތައް އޮތްގޮތަށް ފާސްކުރުމުގެ ބަދަލުގައި، އެ ބިލުތަކުން ރައްޔިތުންނަށް ކުރާނެ އަސަރުތައް ދިރާސާކޮށް ހާމަކުރުމަކީ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު