ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މި ދެ ޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައިނުވާތީއެވެ. އެހެންކަމުން، ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން މި ދެ ޕާޓީ އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް ވަނީ ނިންމާފައެވެ.
އެމް.އެލް.އެސް.ޑީ.ޕީ އަކީ ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން އިސްވެހުންނަވައި، މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރު ރަޖިސްޓްރީކުރި ޕާޓީއެކެވެ. މީގެކުރިން 2022 ވަނަ އަހަރުވެސް މެންބަރުން ހަމަނުވެގެން އެ ޕާޓީ އުވާލިއެވެ. ނަމަވެސް، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޯޓުން ނިންމީ އެ ޕާޓީ އުވާލުން ޤާނޫނާ ޚިލާފު ކަމަށެވެ. އެއާއެކު އަލުން ދަފްތަރުގައި ހިމެނި ނަމަވެސް، މިހާތަނަށްވެސް ޤާނޫނުލާޒިމުކުރާ 3،000 މެންބަރުން ހަމަކުރެވިފައެއް ނުވެއެވެ. އީސީގެ ދަފްތަރު ދައްކާގޮތުން އެޕާޓީގައި ތިބީ 1710 މެންބަރުންނެވެ.
ދަ ޑިމޮކްރެޓްސް އަކީ ނިމިދިޔަ އެމް.ޑީ.ޕީގެ ވެރިކަމުގެ ފަހުކޮޅު، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން އުފެދުނު ޕާޓީއެކެވެ. އެހެންނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ގިނަ ފަރާތްތަކެއް މިހާރު ވަނީ އަލުން އެމް.ޑީ.ޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި ޕާޓީގެ އެންމެ އިސް މޭސްތިރިޔާ، ރައީސް މުޙައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. އީސީގެ ދަފްތަރު ދައްކާގޮތުން އެޕާޓީގައި ތިބީ 2952 މެންބަރުންނެވެ.
މި ދެ ޕާޓީ އުވާލުމާއެކު، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ އަދަދު މިހާރު ވަނީ ހަތަކަށް މަދުވެފައެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މި ދެ ޕާޓީ އުނިކުރުމުގެ އިދާރީ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު