މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެބްރީނާ ކާޕެންޓަރަށް ފާރަލައި، އޭނާއަށް އުނދަގޫކުރަމުންދިޔަ މީހަކާ ދެކޮޅަށް ކޯޓުން ރައްކާތެރިކަމުގެ އަމުރެއް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ، އުމުރުން 27 އަހަރުގެ ސެބްރީނާގެ ގެއަށް ތަކުރާރުކޮށް ވަދެ، އޭނާއަށް ބިރުދައްކަމުންދިޔަ އުމުރުން 31 އަހަރުގެ ވިލިއަމް އެޕަލްގޭޓް ނަމަކަށް ކިޔާ މީހަކާ ދެކޮޅަށެވެ. ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިއަހަރުގެ މެއި މަހުން ފެށިގެން އެޕަލްގޭޓް ދަނީ ސެބްރީނާ ދިރިއުޅޭ ސަރަހައްދަށް ގޮސް، އެކި ގޮތްގޮތުން އޭނާއަށް ފާރަލައި އުނދަގޫކުރަމުންނެވެ.
ސެބްރީނާ ކޯޓަށް ހުށަހެޅި ބަޔާނުގައި ބުނެފައިވަނީ، އެޕަލްގޭޓަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި، ދުވަހަކުވެސް އޭނާއާ ބައްދަލުކޮށް ނުވަތަ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާއާ ބައްދަލުކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަންވެސް ސެބްރީނާ ވަނީ ސާފުކޮށްދީފައެވެ.
ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓްގެ ޑިޓެކްޓިވް ޕީޓާ ޑޫމާނިސް ހާމަކުރެއްވި ގޮތުގައި، އެޕަލްގޭޓްގެ އަމަލުތައް ހުރީ ނުރައްކާތެރި މިންވަރަކަށް ފާރަލާ މީހެއްގެ ސިފައެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، މިކަމުގެ ސަބަބުން ސެބްރީނާގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް އޮތްކަން ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލައިގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު އެޕަލްގޭޓް ވަނީ ސެކިއުރިޓީއަށް ފިލައިގެން، އަވަށްޓެރިގެއެއްގެ ފާރުން އަރައި ސެބްރީނާގެ ގޭގެ ދޮރުމައްޗަށް ގޮސްފައެވެ. އަދި ގޭގެ ދޮރު ހުޅުވަން މަސައްކަތްކޮށް، ދޮރުގައި ތަޅައި، ބެލް ޖަހައި ހަދާފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެތަނުން ދިއުމަށް އިންކާރު ކުރުމުންނެވެ. މި ހުރިހާ ހަރަކާތްތަކެއް ސެކިއުރިޓީ ކެމެރާތަކަށް ވަނީ އަރާފައެވެ.
އެޕަލްގޭޓް ބައެއް ފަރާތްތަކަށް މައުލޫމާތު ދީފައިވަނީ އޭނާއަކީ ސެބްރީނާގެ ގާތް މީހެއް ކަމަށާއި، އެގެއަށް ދިޔައީ ސެބްރީނާގެ ދައުވަތަކަށް ކަމަށެވެ. ނަމަވެސް، ސެބްރީނާ ވަނީ މި ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމާއެކުވެސް، ޖެހިގެން އައި ދުވަސްތަކުގައި އެޕަލްގޭޓް ވަނީ އަނެއްކާވެސް ސެބްރީނާގެ ގޭގެ ކައިރީގައި ހަރަކާތްތެރިވެފައެވެ. ސެބްރީނާ ބުނާ ގޮތުގައި މިއީ ދުރާލާ ރާވައިގެން އޭނާގެ ހަރަކާތްތަކަށް ފާރަލުމަށް ހިންގާ ނުރައްކާތެރި އަމަލުތަކެކެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން، އެޕަލްގޭޓް ސެބްރީނާއާ އެކު އޭނާގެ ގެއާއި، އުޅަނދުފަހަރާއި، އަދި މަސައްކަތްކުރާ މާހައުލާ 100 ޔާޑު ކައިރިއަށް ދިއުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ސެބްރީނާގެ ދައްތަ ސާރާ އާއި އޭނާގެ ލޯބިވެރިޔާއަށްވެސް މި އަމުރުގެ ދަށުން ރައްކާތެރިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލައިގެ ޖިނާއީ އަޑުއެހުން ޖޫން 18 އަށް ތާވަލުކޮށްފައިވާއިރު، މިހާރު ނެރެފައިވާ ވަގުތީ އަމުރު ދާއިމީ އަމުރަކަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ޖޫން 17 ވަނަ ދުވަހު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު