މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން، ތަމަޅަނާޑޫގެ އައު ޗީފް މިނިސްޓަރު ވިޖޭއަށް ވަރަށް ބޮޑަށް ތައުރީފުކޮށް މަރުހަބާ ކިޔައިފިއެވެ.
ރާމް ޗަރަން މިހެން ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕެޑީ" ޕްރޮމޯޓް ކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަމުންނެވެ.
ރާމް ޗަރަންގެ ވާހަކައިގައި، ވިޖޭ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ އުސްމިނުގައި ހުއްޓާ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އެ ހުރިހާ މަގުބޫލުކަމެއް ދޫކޮށްލުމަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއް ކަމަށް ބުންޏެވެ. އަދި މި ކާމިޔާބީއަށްޓަކައި ތަމަޅަނާޑޫގެ ރައްޔިތުންނަށާއި ވިޖޭއަށް އޭނާ މަރުހަބާ ދެންނެވިއެވެ.
ވިޖޭގެ ސިޔާސީ ޕާޓީ، 'ތަމަޅަގަ ވެއްތުރި ކަޒަގަމް' (ޓީވީކޭ) އިން ވަނީ ތަމަޅަނާޑޫގެ އެސެމްބްލީ އިންތިޚާބުގައި ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެ ޕާޓީން އިންތިޚާބުގައި 108 ގޮނޑި ކާމިޔާބުކުރިއިރު، ޖުމްލަ 120 މެންބަރުންގެ ތާއީދާއެކު އެސެމްބްލީގެ އަޣުލަބިއްޔަތު ވަނީ ހޯދާފައެވެ. މިއާއެކު، އެތައް ދުވަހެއްގެ އިންތިޒާރަށްފަހު މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ވިޖޭ ވަނީ ތަމަޅަނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރައްވާފައެވެ.
ވިޖޭގެ މި ކާމިޔާބީއަކީ އެތައް އަހަރެއް ވަންދެން ތަމަޅަނާޑޫގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުން އައި ޑީއެމްކޭ އާއި އޭއައިއޭޑީއެމްކޭ ފަހަތަށް ޖައްސާލުމަށްފަހު ހޯދި ބޮޑު ކާމިޔާބީއެކެވެ. މިއާއެކު އޭނާ މިވަނީ އެން.ޓީ ރާމާ ރާއޯ، އެމް.ޖީ ރާމަޗަންދުރަން އަދި ޖޭ. ޖަޔަލަލީތާ ފަދަ، ފިލްމީ ދާއިރާއިން ނުކުމެ ސިޔާސީ ގޮތުން ގައުމުގެ އެންމެ މަތީ ސަފަށް ވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ހިމެނިފައެވެ.
ސިޔާސީ ދާއިރާއަށް މުޅިން ހުސްވުމުގެ ގޮތުން ވިޖޭ ވަނީ އޭނާގެ ފިލްމީ ކެރިއަރު ނިންމާލާނެކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ "ޖަނަ ނާޔަގަން" ކިޔާ ފިލްމެއްގައެވެ. މި ފިލްމުގައި މަމީތާ ބައިޖޫ، ޕޫޖާ ހެގްޅޭ އަދި ބޮބީ ޑިއޯލް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
މި ފިލްމު ރިލީޒްކުރުން އެކި ސަބަބުތަކާހުރެ ވަނީ ލަސްވެފައެވެ. އެގޮތުން ސެންސަރު ބޯޑުގެ ހުއްދަ ލިބުން ލަސްވުމުގެ އިތުރުން، މިދިޔަ އޭޕްރީލް މަހު ފިލްމު ވަނީ އޮންލައިންކޮށް ލީކުވެސް ކޮށްލާފައެވެ. ފިލްމު ލީކުކުރި މައްސަލައިގައި ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، ފިލްމު އުފެއްދި ފަރާތުން ވަނީ ގަވާއިދާ ޚިލާފަށް ފިލްމު ނުބެލުމަށް އިލްތިމާސްކޮށްފައެވެ.
ރަސްމީކޮށް އަދި ތާރީޚެއް އިއުލާން ނުކުރި ނަމަވެސް، ޚަބަރުތައް ބުނާގޮތުން ވިޖޭގެ އެންމެ ފަހު ފިލްމު "ޖަނަ ނާޔަގަން" ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު