މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މ. ކާނިމާގޭގައެވެ. އެމްއެންޑީއެފުން ބުނީ ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާ ކަމުގެ ރިޕޯޓު ލިބުމާއެކު، ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން މިއަދު އިރުއޮއްސި 18:09 ހާއިރު ބުނީ މިހާރު އެ އަލިފާންގަމޑު ނިއްވާލެވިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު