އިރުން މެދުނުކެނޑި ރޭޑިއޯ ރާޅުތަކެއް
އިރުން މެދުނުކެނޑި ރޭޑިއޯ ރާޅުތަކެއް
އިރުން މެދުނުކެނޑި ރޭޑިއޯ ރާޅުތަކެއް ފޮނުވި ރެކޯޑު މުއްދަތެއް ސައިންސްވެރިން ހޯދައިފިއެވެ.

"ދަ އެސްޓްރޯފިޒިކަލް ޖާނަލް ލެޓާސް" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އޮގަސްޓް 21 އިން ސެޕްޓެމްބަރު 9 އާ ހަމައަށް، ޖުމްލަ 19 ދުވަސް ވަންދެން އިރުން ވަނީ ބާރުގަދަ ރޭޑިއޯ ސިގްނަލްތަކެއް ފޮނުވާފައެވެ.

މިއީ މީގެ ކުރިން އިރުން މިފަދަ ސިގްނަލްތައް ފޮނުވި ކަމަށް ރެކޯޑު ކުރެވިފައިވާ އެންމެ ދިގު މުއްދަތަށްވުރެ ހަތަރު ގުނަ އިތުރު މުއްދަތެކެވެ. މީގެ ކުރިން ރެކޯޑު ކުރެވިފައިވާ އެންމެ ދިގު މުއްދަތަކީ އެންމެ 5 ދުވަހެވެ.

މި އާދަޔާ ހިލާފު ހާދިސާ އިންސާނުންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހޯދިފައިވަނީ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ ގެ ހަތަރު މިޝަނެއްގެ އެހީގައެވެ.

މި ސިގްނަލް އެންމެ ފުރަތަމަ ފާހަގަކުރީ 2020 ވަނަ އަހަރު ލޯންޗުކުރި "ސޯލާ އޯބިޓާ" ސެޓެލައިޓުންނެވެ. އޭގެ ފަހުން ނާސާގެ "ޕާކާ ސޯލާ ޕްރޯބް"، "ވިންޑް" އަދި "ސްޓީރިއޯ-އޭ" ކްރާފްޓްތަކުން ވަނީ މި ސިގްނަލްތައް ދަތުރުކުރި ގޮތް ބަލައި، މީގެ އަސްލަކީ އިރުގެ އެންމެ ބޭރު ފަށަލައިގައި ހުރި ފަނަލްއެއްގެ ބައްޓަމަށް ހުންނަ އޮނިގަނޑެއްގެ ތެރޭގައި ތާށިވެފައި ހުރި އިލެކްޓްރޯންތަކެއްގެ ސަބަބުން އުފެދުނު ރާޅުތަކެއްކަން ދެނެގަނެފައެވެ.

މިފަދަ ރޭޑިއޯ ސިގްނަލްތަކަކީ ދުނިޔޭގެ ސެޓެލައިޓްތަކަށް ނުވަތަ ޖައްވީ އިދާރާތަކަށް ގެއްލުންދޭ ފަދަ ނުރައްކާތެރި އެއްޗެއް ނޫނެވެ.

ނަމަވެސް، މި ހާދިސާއިން އެއްކުރެވުނު މައުލޫމާތުތަކަކީ ސައިންސްވެރިންނަށް ލިބުނު ވަރަށް އަގުހުރި ހަދިޔާއެކެވެ. ސަބަބަކީ މި މައުލޫމާތުގެ އެހީގައި ޖައްވީ މޫސުމަށް އަންނަ ބަދަލުތަކާއި، ކުރިއަށް އޮތް ތަނުގައި އިރުން އަތުވެދާނެ ނުރައްކާތެރި ސޯލާ ތޫފާންތައް ދުރާލާ ދެނެގަތުމަށް ސައިންސްވެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެތީއެވެ.



ކިޔުންތެރިންގެ ހިޔާލު